ads
މާލޭގައި ވިޔަފާރިކުރާ ބިދޭސީންގެ ބޮޑެއް އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން
112 ބިދޭސީން އަތުލައިގަނެ، އެންމެ ފޮނުވާލަނީ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންގައި މިހާތަނަށް 112 ބިދޭސީން އަތުލައިގަނެފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ މިހާރު ކުރިޔަށް ދަނީ މި އެންމެން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމަށެވެ. އަދި މި މީހުންގެ ލިޔެކިޔުންތައް ފުރިހަމަ ކުރަމުން އަންނަކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. 

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މާލޭގައި ޓޭކްއަވޭ އަދީ ކެފޭ ހިންގަމުންދާ 4 ތަނެއް ބަލައި ފާސްކޮށް، ބިދޭސީ 6 ފިރިހެނަކާއި 1 އަންހެނަކު ރޭ ވެސް ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެތެރެއިން 3 ބިދޭސީން ހިންގަމުންދިޔަ ކެފޭއެއް ބަންދުކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ. 

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް އަތުލައިގެން މީހުންގެ އަދަދު 100 ވުރެ މައްޗަށް ވަނީ އަރާފައެވެ. ދާދި ފަހުން ވާނީ މާލޭގައި ހިންގާ 4 މާރުކޭޓަކުން 83 ބީދޭސީން ހައްޔަރުކޮށްފަ އެވެ. 

މީގެއެތުރުން މާލޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ ގޭންގަކާއި މާލޭ ސަރަހައްދުގައި ޓޭކްއަވޭ ވިޔަފާރި ކުރާ ބިދޭސީންގެ ބޮޑެއް ވަނީ ހައްޔަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް