ads
އޭޖީ އަހުމަދު އުޝާމް: -- ފޮޓޯ: އޭޖީ އޮފީސް
ރޮހިންޖާގެ މުސްލިމުންނަށް އިންސާފު ހޯދުމަށް ވަކާލާތުކުރަން ރާއްޖެ ފުރުސަތު
މިޔަންމާއާ ދެކޮޅަށް ގެމްބިޔާއިން ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލްވާން ރާއްޖޭގެ ހުށަހެޅުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭއިން ބަލައިގެންފި އެވެ.
Advertisement

މިކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ ތިން ވަނަ ދުވަހު އައިސީޖޭއިން އެ ގޮތަށް ނިންމާފައި ވަނީ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށެވެ.

އެގޮތުން، ގަތުލު އާންމުންގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ގުޅޭ މުއާހަދާގެ މާއްދާތައް މާނަ ކުރުމާ ގުޅޭގޮތުން ރާއްޖޭގެ ޑެކްލަރޭޝަން އޮފް އިންޓަވެންޝަންގައި ހުރި ކަންކަަމަކީ އެ ކޯޓަށް ބެލޭނެ ކަންކަން ކަމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިތުރަށް އެ އޮފީހުން ބުނީ، އެ ކޯޓުން މި ފަދައިން ނިންމީ ރާއްޖޭގެ އިންޓަވެންޝަން ބަލައިގަތުމާ މެދު މިޔަންމާއިން އިއުތިރާޒެއް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.

"ރޮހިންޖާ މުސްލިމުންނަށް އަދުލުއިންސާފު ހޯދައިދިނުމަށާއި ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބުދިނުމާ ގުޅޭ މުއާހަދާ ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކީ ދެމި އޮންނާނެ" އެ ބަޔާން ނިންމާލަމުން ލިޔެފައިވެ އެވެ.

މި މައްސަލައަކީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާއިން އެ ޤައުމާ ދެކޮޅަށް 11 ނޮވެމްބަރު 2019ގައި އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް