ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި، ވާދަކުރާ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގައި ހިމެނޭ ފަސޫހާ އަހުމަދު، 800 މީޓަރު އިވެންޓުން ރިހި މެޑަލް ހޯދީ، 2 މިނިޓް، 13.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭ ފަސް ފަހަރު މަތިން، 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުުގުރާލު ފަސޫހާގެ މި ފަހަރުގެ ޓައިމިން އަކީ ވެސް ރެކޯޑެކެވެ.
ލަންކާގެ ޖޫނިއާ މުބާރާތުގައި ފަސޫހާ ހިމެނޭހެން، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ 16 އެތުލީޓުން ވާދަކުރެ އެވެ.