ads
ގަވަރުނަރު އަލީ ހާޝިމް މާދަމާ މާލިއްޔަތު ކޮމިޓީއަށް ހާޒިކުރަނީ
ގަވަރުނަރު އަލީ ހާޝިމް މާދަމާ މާލިއްޔަތު ކޮމިޓީއަށް ހާޒިކުރަނީ
ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އޮޅުން ފިލުވުމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މާދަމާ ހާޒިރުކުރަން ތާވަލު ކޮށްފި އެވެ.
Advertisement

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރަކު "ސީއެންއެމް" އަށް ވިދާޅުވީ ކުރިން ކެންސަލުވި ގަވަރުނަރު އަލީ ހާޒިކުރާ ބައްދަލުވުން މިހާރު ތާވަލުކޮށްފައި އޮތީ މާދަމާ ހެނދުނު 11:00 އަށެވެ. 

އަލީ ހާޝިމް ކޮމިޓީއަށް ހާޒިރުކުރުން ފުރަތަމަ ތާވަލުކުރީ މިމަހުގެ 8ވަނަ ދުވަހު އެވެ. އެ ބައްދަލުވުން ކެންސަލްކުރީ ކީއްވެ ކަމެއް މަޖިލީހުން ހާމައެއް ނުކުރެ އެވެ.

އަލީ ހާޝިމް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައި މިވަނީ އޭނާ މަގާމުން ވަކިކުރުމަށް އެ ކޮމިޓީން ރައީސް ޑރ. މުއިއްޒަށް ލަފާވެސް ދީފައި ވަނިކޮށެވެ.



މާލިއްޔަތު ކޮމިޓީއަށް ސަރުކާރު ހިންގާ ޕާޓީ -- ޕީއެންސީ އިން އަލީ ހާޝިމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބުނާ މައިގަނޑު މަގުސަދުތައް ހާސިލްކުރުމަށްޓަކައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ދިނުމާއި ގާނޫނުގައިވާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އަމަލީގޮތުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައި ނުވާ ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް އަލީ ހާޝިމް އައްޔަންކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 8 ސެޕްޓެމްބަރު 2019 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް