ads
ހޯމް ސެކްޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ހިދުމަތު ޗީފް އިންސްޕެކްޓަރު އުސްވަތު އަހްމަދު.
އެމެރިކާގެ އެޑްވައިޒަރީ ލިސްޓުން ރާއްޖެ ނެގޭތޯ އެބަ މަސައްކަތްކުރަން: ފުލުހުން
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރޭ ޓްރެވަލް އެޑްވައިޒަރީގެ ލެވެލް ދޭއްގައި ރާޢްޖެ ހިމަނާފއިވާތީ އެ ލިސްޓުން ރާއްޖޭ ނެގޭތީ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ޓެރަރިސްޓު ގްރޫޕަކުން ރާއްޖޭގައި ކޮންމެ ވަގުތެއްގައި ވެސް ހަމަލާއެއް ދިނުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ އެމެރިކާއިން ވަނީ މިއަހަރުވެސް  ރާއްޖެ ލެވެލް ދޭއްގައި ދަމަހައްޓާފައެވެ. 

ރާއްޖެއަށް ނެރޭ ޓްރެވަލް އެޑްވައިޒަރީ ލެވެލް ދެއަކަށް މަތިކުރީ 2017 ގައެވެ. އެއީ ޓެރަރިޒަމާއި ސިޔާސީ ހަމަނުޖެހުމާ ގުޅުވައެވެ. 

ހޯމް މިނިސްޓްރީގެ ދަށުގައިވާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިވެހި ފުލުހުންގެ ހިދުމަތު ޗީފް އިންސްޕެކްޓަރު އުސްވަތު އަހްމަދު ވިދާޅުވީ އެމެރިކާގެ ޓިއަރ 2 ވޮޗް ލިސްޓަށް ރާއްޖެ ލާފައިވާތީ އެ ލިސްޓުން ރާއްޖެ ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ހިދުމަތު ކުރަމުން އަންނަކަމަށެވެ. 

" މި ގޮތަށްް ލޭބާ ޓްރެފިކިން އެލިމެންޓެއް ވިޔަސް ނުވަތަ ސެކްސް ޓްރެފިކިން އެލިމެންޓެއް ވިޔަސް ހިމެނޭ ކަމެއް މައުލޫމާތެއް ދިވެހި ފުލުހުންގެ ހިދުމަތަށްް ލިބިފައިވާނަމަ އެކަމަކަށް ޓެކްލުކުރުމަށް އަދި އޭގެ އިތުރުން އިމިގްރޭޝަނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މި ދަނީ ކުރަމުން." އުސްވަތު ވިދާޅުވިއެވެ.

ރާއްޖެއަށް ދަތުރުކުރާ އެމެރިކާ ރައްޔިތުން ސަމާލުވުމަށް އަންގާ އެ ގައުމުން ނެރެފައިވާ އެޑްވަައިޒަރީގައި ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތްތަކުން ކުޑަ އިންޒާރަކާ ނުލައި ހަމަލާތައް ދީފާނެކަމަށެވެ. އަދި ޓޫރިސްޓް ތަންތަނާއި ދަތުރުފަތުރުގެ މަރުކަޒުތަކާއި މާރުކޭޓާއި މޯލްތަކާއި ލޯކަލް ގަވަމެންޓް ފެސިލިޓީތަކަށް އެ ހަމަލާތައް އަމާޒުކޮށްފާނެކަމަށެވެ. މީގެއިތުރުން ދުރު ރަށްރަށަށް ހަމަލާތައް ދިނުމަކީ ކަމާބެހޭ ފަރާތްތަކުން އެކަން ހައްލުކޮށް އެހީތެރިކަންދޭން ވަގުތު ދިގުވެދާނެ ކަމެއްކަމަށްވެސް އެމެރިކާއިން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް