ads
ވިމްބަލްޑަން ކާމިޔާބުކޮށް އަލްކަރާޒް ތާރީހުގެ ތެރެއަށް
ވިމްބަލްޑަން ކާމިޔާބުކޮށް އަލްކަރާޒް ތާރީހުގެ ތެރެއަށް
ވިމްބަލްޑަންގައި ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ސްޕެއިންގެ ކާލޯސް އަލްކަރާޒް ހޯދައިފިއެވެ.

ވިމްބަލްޑަން ޗެމްޕިއަންކަން އަލްކަޒާރް ހޯދީ، ސާބިއާގެ ނޮވަކް ޖޮކޮވިޗް ބަލިކޮށްގެނެވެ. 

އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ، ޖޮކޮވިޗް، މި ފަހަރުގެ މުބާރާތަށް ނުކުތީ ރޮޖާ ފެޑެރާގެ ވިމްބަލްޑަން ރެކޯޑާ އެއްވަރު ކުރާށެވެ. އެހެންނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވިއެވެ. ފެޑެރާ އަކީ އަށް ވިމްބަލްޑަންގެ ތަށި އަށް ފަހަރު ކާމިޔާބުކޮށް، އެ މުބާރާތުގެ ރެކޯޑް ހޯލްޑަރެވެ.

ޖޮކޮވިޗަށް ވިމްބަލްޑަންގެ ހަތް ތަށި ކާމިޔާބުކުރެވުނުއިރު، ޖެހިޖެހިގެން ދެ ފައިނަލުން މި ވަނީ ބަލިވެފަ އެވެ. މިދިޔަ އަހަރުވެސް އޭނާ ބަލިވީ، އަލްކަރާޒް އަތުންނެވެ. 

އުމުރުން 21 އަހަރުގެ އަލްކަރާޒް މި ވަނީ އޭނާ މިހާތަނަށް ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ފައިނަލުގައި ކުޅުުނު ހަތަރު ފައިނަލުން ވެސް މޮޅުވެފަ އެވެ. އަދި އަލްކަރާޒަކީ، އެއް އަހަރު ތެރޭ ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް