ads
ސްޕެއިންގެ ކުޅުންތެރިން
ޔޫރޯގެ ޗެމްޕިއަންކަން ސްޕެއިނަށް
ފައިނަލުގައި އިންގްލެންޑް ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފިއެވެ.
Advertisement

މިރޭ، އިންގްލަންޑްގެ މައްޗަށް ސްޕެއިނުން ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ. މި ނަތީޖާއާއެކު ސްޕެއިނުން މި ފަހަރުގެ ޔޫރޯ ކާމިޔާބު ކުރީ ސައްތައިން ސައްތަ ރެކޯޑަކާއެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. 

މި މެޗުގެ ފުރަތަމަ ލަނޑު ސްޕެއިނުން ޖެހީ ދެވަނަ ހާފުގެ ކުރީކޮޅު  ލަމީން ޔަމާލްގެ ޕާހަކުން ނިކޯ ވިލިއަމްސްއެވެ. އިންގަލަންޑުން އެއްވަރު ކުރީ ބަދަލު ކުޅުންތެރިޔާ ކޯލް ޕާމާ އެވެ. 

އެއް ލަނޑު އެއް ލަނޑުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް އިންގްލަންޑުގެ އުއްމީދުތައް ފެނައް ދުއްވާލި ލަނޑު ޖެހީ 86 ވަނަ މިނިޓުގައެވެ. 

މި މެޗުން ބަލިވުމުން އިންގަލަންޑް ވިދިވިދިގެން ދެ ޔޫރޯގެ ފައިނަލުން ބަލިވީއެވެ. މި ފަހަރު ސްޕެއިން އަތުން ބަލިވިއިރު ކުރީ ފަހަރު ބަލިވީ ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް