އިމިގްރޭޝަނުން ސައުދީއާއެކު ތަމްރީނު ހެދުމުގެ މަޝްވަރާ ކުރެވުނީ ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރެކް އަބްދުﷲ އަލްއަޖަލީން އަލްދޮސާރީގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތެއްގަ އެވެ.
މި ބައްދަލުވުމުގައި ވަނީ، އިމިގްރޭޝަން ދާއިރާތަކުން ދޭ ތަމްރީންތައް އިތުރުކުރުމަށް މަޝްވަރާ ކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދު އިމިގްރޭޝަން ދާއިރާއިން ބާއްވަމުންގެންދާ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާކުރައްވާފަ އެވެ.
ރާއްޖެއާ ސައުދީ އަރަބިއްޔާ އާ ދެމެދު އޮންނަ ގުޅުމަކީ ޒަމާންވީ ވަރުގަދަ ގުޅުމަކަށްވާއިރު، ސައުދީން ވަނީ ރާއްޖެއަށް ގިނަގުނަ އެހީ ފޯރުކޮށްދީފަ އެވެ.