ads
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކަށް ފަރުވާދެނީ
ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ގެންދަން އުޅުނު މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.
Advertisement

ފުލުހުން ބުނީ އަނިޔާވެ ފަރުވާދެމުން އަންނަނީ 38 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ. އަދި އެމީހަކީ ޑްރަގް ކޯޓު އަމުރެއްގެ ދަށުން މާދަމާ އެ ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ. 

މި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުބުނެއެވެ. އެހެންނަމަވެސް އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ފުލުހުން އަމަލުކުރި ގޮތާ މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރެ އެކަން  އެ އިދާރާއަށް ހިއްސާކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ. 

އެހެންވެ އެކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް