އާޖެންޓީނާއިން ކޮލަމްބިއާ ބަލިކޮށް ވިދިވިދިގެން ދެވަނަ ފަހަރަށް ރޭ ކޮޕާ އެމެރިކާ ކާމިޔާބު ކުރިއިރު، މެސީއަށް އަނިޔާވެގެން ބޭލީ 66 ވަނަ މިނިޓުގައެވެ.
މެޗަށް ފަހު އާޖެންޓީނާގެ ކޯޗު ބުނި ގޮތުގައި މެސީގެ ކުޑަ ހުޅަށް އަނިޔާވިނަމަވެސް އޭނާ ބޭނުންވީ ކުޅޭށެވެ. އެކަމަކު ލިބިފައިވާ އަނިޔާގެ ސަބަބުން އެއްގޮތަކަށްވެސް ކެތް ނުކުރެވިގެން އޭނާ ބަދަލު ކުރަން މަޖުބޫރުވީއެވެ.
މެސީގެ ކުޑަހުޅު ދުޅަވެ އަރާފައިވާ މަންޒަރު ޓީވީން ދެއްކިއެވެ. މި އަނިޔާ ސީރިއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް އަނިޔާއިން ރަނގަޅުވާން ކިހާ މުއްދަތެއް ނަގާނެ ކަމަށް އަދި ބުނަން ނޭނގެނީ ލިބިފައިވާ އަނިޔާގެ ތަފްސީލު އަދި ނުލިބޭތީއެވެ.
އާޖެންޓީނާއާއެކު މެސީ ކޮޕާ އެމެރިކާ ނެގިއިރު، އޭނާގެ ކްލަބުގެ މެޗުތައް ކުރިއަށް އެބަދެއެވެ.