ads
އޮލިމްޕަސް ކެފޭގެ ސީލިން ވެއްޓިއްޖެ
އޮލިމްޕަސް ކެފޭގެ ސީލިންގ ވެއްޓިއްޖެ
އޮލިމްޕަސް ކެފޭގެ ސީލިންގުން ބައެއް މިރޭ ވެއްޓިއްޖެ އެވެ.

އޮލިމްޕަހުގައި ހުންނަ އޮލިމްޕަސް ކެފޭގެ ސީލިންގުން ބައެއް މިރޭ ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. 

މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި ސީލިންގެ ވެއްޓުނު އިރު ކެފޭގައި ބައިވަރު މީހުންވެސް ތިއްބެވެ. ސީލިންގ ވެއްޓުނީ ސައިބޯން ތިބޭ މޭޒުތަކެއްގެ މައްޗަށެވެ. ސީލިން ވެއްޓުނީ ކީއްވެގެން ކަމެއް ނޭގެއެވެ. 

އޮލިމްޕަސް ކެފޭއަކީ ގިނަ އަދަދެއްގެ ފިލްމީ ތަރިންނާއި ފަންނާނުން އާއްމުކޮށް ދާ ތަނެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސިޔާސީ މީހުންވެސް އާއްމުކޮށް ދާ ކެފޭއެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސީލިންގ ވެއްޓުނުއިރުވެސް މަޝްހޫރު ފިލްމީ ތަރިންތަކެއް ކެފޭގައި ތިއްބެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް