އެ އަތޮޅުތަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރިފައިވަނީ މިއަދު މެންދުރު 12:00 އިން ހަވީރި 17:00 އަށެވެ.
މެޓް އޮފީހުން ބުނީ، ބޮކޮށް ވާރޭވެހުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިރުޝާދު ދީފަ އެވެ.
ކުރިޔަށް އޮތް 24 ގަޑީރުގެ ތެރޭގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބުދަ ދުވަހާއި ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ހުކުރު ދުވަހުން ފެށިގެން މޫސުން ބޮޑުތަނުން ރަނގަޅު ވާނެކަމަށް މެޓް އޮފީހުން ބުނެ އެވެ.