ads
މޯލްޑިވިއަން އެއާބަސް
މޯލްޑިވިއަންގެ ޓްރެވިންޑްރަމް ދަތުރުތައް އިތުރުކޮށްފި
މޯލްޑިވިއަން އިން ޓްރިވެންޑްރަމް އަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

މާލެ އާއި ޓްރިވެންޑްރަމާ ދެމެދު މީގެ ކުރިން މޯލްޑިވިއަން އިން ދަތުރުކުރީ ހަތަރު ދުވަހެވެ. އެއީ ހޮނިހިރު، އާދިއްތަ، ބުދަ އަދި ބުރާސްފަތިދުވަހުގަވެ.

މޯލްޑިވިއަން އިން ބުނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން މާލެ އާއި ޓްރިވެންޑްރަމް އާ ދެމެދު އިތުރު ދަތުރުތަކެއް ފެށުމަށް ތާވަލުކޮށްފައިވާކަމަށެވެ.

އެގޮތުން މޯލްޑިވިއަން އިން ބުނީ އަލަށް އިތުރުކުރި ރިޓާން ފްލައިޓް ގެ ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގައިކަަމަށެވެ. އެއާއެކު ދިވެހިން ބޭސް ފަރުވާއަށް އެންމެ ގިނައިން ދަތުރުކުރާ އެއް މަންޒިލަށް، ޓްރިވަންޑަރަމް އަށް މޯލްޑިވިއަން އިން ހަފްތާއަކު ފަސް ދުވަހު ދަތުރުތައް ދެން ކުރާނެ އެވެ.

މޯލްޑިވިއަން އިން އިންޑިއާގެ ބެންގަލޫރަށާއި ކޮޗިންއަށް ވެސް ދަތުރުތައް ބާއްވަ އެވެ. މީގެ އިތުރުން ސްރީ ލަންކާގެ ކޮލަމްބޯ އަކީ ވެސް އެ އެއާލައިނުގެ ބައިނަލްއަގުވަމީ މަންޒިލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް