ads
ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން
ޕެންޝަން ނިޒާމު އިސްލާހު ކުރަން، ވޯލްޑް ބޭންކުގެ ލަފާ ރާއްޖެއަށް
ރާއްޖޭގެ ޕެންޝަން ނިޒާމު ބަދަލުކުރުމަށް ވޯލްޑު ބޭންކުން ރާއްޖެއަށް ލަފާދީފި އެވެ.
Advertisement

ވޯލްޑް ބޭންކުން ވަނީ ރާއްޖޭ އާއި ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ޕެންޝަން ނިޒާމު އިސްލާހު ކުރެވޭނެ ގޮތްތައް ހާމަކޮށް "ރީތިންކިން ސޯޝަލް ޕްރޮޓެކްޝަން އިން ސައުތް އޭޝިއާ: ޓުވާޑްސް ޕްރޮގްރެސިވް ޔުނިވާސަލިޒަމް" ގެ ނަމުގައި ރިޕޯޓެއް ނެރެފަ އެވެ.

ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި އަދިވެސް އިޖުތިމާއީ ރައްކާތެރިކަމުގެ ފުރިހަމަ ސްޓްރެޓެޖީއެއް ނެތްކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރެއެވެ. އެ ސަރަހައްދަކީ ދުނިޔޭގެ ޖީޑީޕީއާ އަޅާބަލާއިރު އިޖުތިމާއީ އެހީތެރިކަމުގެ ހަރަދު އެންމެ ދަށް އެއް ސަރަހައްދު ކަމަށް ފާހަގަކޮށް ވޯލްޑް ބޭންކުން ބުނީ ސަރަހައްދުން އާންމު ވަސީލަތްތައް ބޭނުންވާވަަރަށް ވުރެ ގިނައިން ހޭދަކުރަނީ ހަކަތަ ސަބްސިޑީގެ އިތުރުން ޕަބްލިކް ސެކްޓަރުގެ ޕެންޝަން ފަދަ ދަށްކޮށް އަމާޒުކުރެވިފައިވާ އިޖުތިމާއީ ފައިދާތަކަށްކަމަަށެވެ. 

"2000 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަަމައަށް އާއިރު ގާތްގަނޑަކަށް 386 މިލިއަން ދެކުނު އޭޝިއާގެ މީހުން މަސައްކަތް ކުރުމުގެ އުމުރުގެ އާބާދީއަށް ވަދެފައިވާއިރު، އިގްތިސާދުތަކަށް އިތުރުވެފައިވަނީ އެންމެ 81 މިލިއަން ވަޒީފާ. ގިނަ މަސައްކަތްތެރިން، ހާއްސަކޮށް އަންހެނުންނާއި ޒުވާނުން ތިބީ ނުރަސްމީ އަދި އުފެއްދުންތެރިކަން ދަށް ވަޒީފާތަކުގައި ބަންދުވެފައި، އެމީހުންނަށް ނާޒުކުކަމުން ސަލާމަތްވެ، އިގްތިސާދީ މޮބިލިޓީ ރަނގަޅު ނުކުރެވޭ ވަޒީފާތަކުގައި ތިބީ" ވޯލްޑް ބޭންކްގެ ރިޕޯޓުގައި ހާމަކުރެ އެވެ.

މިފަދަ ކަންބޮޑުވުންތަށް އިންތިހާއަށް ހުރިއިރު ވޯލްޑް ބޭންކުން ވަނީ މިކަމުން އަރައިގަނެވޭނެ ގޮތަތަކުގެ މައްޗަށް އެ ރިޕޯޓުގައި އަލިއަޅުވާލާފަ އެވެ.

ވޯލްޑް ބޭންކުން ބުނީ އޭޝިއާގެ ސަރުކާރުތަކުން "ޕްރޮގްރެސިވް ޔުނިވާސަލިޒަމް" ގައި ބައިވެރިވާން ޖެހޭ ކަމަށާއި ސައުތް އޭޝިއާއިން ބަލަންޖެހޭނީ ޔުނިވާސަލް ސޯޝަލް ޕްރޮޓެކްޝަން ތައާރަފްކުރުމަކީ އެންމެ ފަހުގެ ސްޓްރެޓެޖިކް މަގްސަދެއްގެ ގޮތުގައިކަމަށެވެ.

"މިއީ ހަރަދު ކުޑަ، އަސަރު ބޮޑު ގޮތްތަކަށް ސަރަޙައްދު ފޯކަސް ކުރުމަށް އެހީތެރިވެދޭނެ ކަމެއް ، އެންމެ ފަހުން ޔުނިވާސަލް ސޯޝަލް ޕްރޮޓެކްޝަން ނުވަތަ އެންމެންނަށް އިޖުތިމާއީރައްކާތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި އަދި ކޮންމެ ގޮތަކަށް ވެސް އިޖުތިމާއީ ރައްކާތެރިކަން ލިބޭނެ ގޮތް ކަށަވަރުކޮށްދޭ އެޑެޕްޓިވް ސިސްޓަމްތަކާ ދިމާއަށް ކުރިއަށް ދާނެ ކަމެއް" ވޯލްޑް ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކުން ބުނީ ދެކުނު އޭޝިޔާގެ ގިނަ ބަޔަކު މަސައްކަތް ކުރަނީ ނުރަސްމީ ދާއިރާގައިކަމަށެވެ. އަދި އެހެން ކަމަށްވީއިރު ދެކުނު އޭޝިއާގައި އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރެސިވް ޔުނިވާސަލިޒަމް އަކީ ނުރަސްމީ މަސައްކަތްތެރިންގެ ވަކި ބޭނުންތަކާ މުހިއްމު ގޮތަކަށް ގުޅިފައިވާ ކަމެއްކަަމަށެވެ.

ޕްރޮގްރެސިވް ޔުނިވާސަލިޒަމްގެ ކާމިޔާބީ އަންގައިދިނުމަށްޓަކައި، ރިޕޯޓުގައި މާލީ ގޮތުން ނާޒުކު އަދި ގައުމުތަކުގެ ގާބިލުކަމާ އެއްގޮތްވާ ގޮތުގެ މަތިން ލަފާތަކެއް ހިމެނޭ 4 ތަނބުގެ އޮނިގަނޑެއް ވޯލްޑް ބޭންކުން ހުށަހަޅާފައިވެ އެވެ. އެއީ:

  • އެކުއިޓީ ނުވަތަ ހަމަހަަމަކަން: ފަގީރުކަމާއި ނުތަނަވަސްކަން ކުޑަކުރުމާއި، ފުރުސަތުތަކުގެ ހަމަހަމަކަން ކުރިއެރުވުމާއި، އިންސާނީ ރައުސުލްމާލަށް އިންވެސްޓްކުރުމާއި، ބާކީކުރުމުގެ މައްސަލަ ހައްލުކުރުން
  • ރެސިލިއެންސް :ލައިފް ސައިކަލް ރިސްކްތަކާ ދެކޮޅަށް އިންޝުއަރެންސް ފޯރުކޮށްދިނުމާއި، ކުއްލި މައްސަލަތައް މެނޭޖްކުރުމުގެ ގާބިލުކަން ބިނާކުރުން
  • އޮޕޮޗުނިޓީ ނުވަތަ ފުރުސަތު: އެންމެންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް އުފެއްދުންތެރި މަސައްކަތުގެ ފުރުސަތު އިތުރުކުރުމަށް މަސައްކަތްކުރުން
  • ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްސް އެންޑް ފައިނޭންސިން: އިޖުތިމާއީ ރައްކާތެރިކަމަށްޓަކައި އިންޓަގްރޭޓެޑް ސްޓްރެޓެޖީތަކާއި ފުޅާކޮށްފައިވާ ޕަބްލިކް ފައިނޭންސިން ގެ ދަށުން ހަރުދަނާ އަދި އެޑެޕްޓިވް ޑެލިވަރީ ސިސްޓަމްތައް ތަރައްގީކުރުން

ރިޕޯޓުގައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ހިންގާ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ހޭދަކުރާ ފައިސާގެ ގާތްގަނޑަކަށް 90 އިންސައްތަ ހަރަދު ކުރަނީ ޕެންޝަން ސްކީމަށެވެ.

ސައުތު އޭޝިއާ ސަރަހައްދަކީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ސަރަހައްދަކަށް ވީނަމަވެސް އަދިވެސް އެ ގައުމުތަކަށް އިތުރަށް ކުރިއަށްދާން ދިގު ރާސްތާއެއް އޮތްކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ.

ގާނޫނު މިހާރު އޮތް ގޮތުން ޕެންޝަން ފަންޑު ބޭނުން ކުރެވެމުންދަނީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ނޫން ކަމަށާއި ޕެންޝަން ފަންޑު ބޮޑުކޮށް، އެ ފައިސާއިން ރައްޔިތުންނަށް ފައިދާވާނެ ކަންކަމަށް ހަރަދު ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް