ads
ގދ. ތިނަދޫ
ތިނަދޫ މީހަކު ލޯބިވެރިޔާއަށް ވަޅިން ބިރު ދައްކައިފި
ލޯބިވެރިޔާއަށް ވަޅިން ބިރުދެއްކި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ޒުވާން ފިރިހެނެއްގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 22 އަހަރުގެ ޒުވާނާއަކީ މީގެ ކުރިންވެސް އެތައް މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ. ރިކޯޑްތަކުން އެނގޭ ގޮތުގައި ގަލޮޅު ދަނޑުގައި ހިނގި ހަމަ ނުޖެހުންތަކެއްގައިވެސް އޭނާ ހައްޔަރު ކުރި އެވެ. އަދި މަކަރާއި ހީލަތުގެ މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.

މި ޒުވާން ފިރިހެން މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ވަޅިން ލޯބިވެރިޔާއަށް ބިރުދެއްކީ އެ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ރުޅި އައިސްގެންނެވެ. އެކަމަކު އޭނާވަނީ އެ ތުހުމަތަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނީ، ވަޅިއަކީ އޭނާއަކީ ޑައިވަރެއްކަމަށްވެފައި އެކަމުގައި ބޭނުން ކުރާ ވަޅިއެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މުޖުމަތައުގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. 30 ދުވަހަށް އޭނާ ބަންދު ކުރަން އަމުރު ކުރީ ގާޒީ މުހައްމަދު މިސްބާހު އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް