ads
ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު
ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު
ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ޕާކިސްތާންގައި ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

ތަކުރާރުކޮށް ފަސް ކުރަން ޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ޕާކިސްތާން އޮލިމްޕިކް ކޮމިޓީންވަނީ އެދިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާނުން އެދިފައިވާ ގޮތަށް ކުރިއަށް ދިއުމަށް، ސައުތު އޭޝިއާގެ އޮލިމްޕިކް ކައުންސިލުންވަނީ އޯކޭ ދީފައެވެ.

ޕާކިސްތާނުގައި މިދިޔަ އަހަރު ބާއްވަން ނިންމާފައި އޮތް ސައުތު އޭޝިއަން ގޭމްސް މި އަހަރަށް ފަސްކުރަން ނިންމީ، 2022 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ ބައްދަލުވުމެއްގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާން އޮލިމްޕިކް ކޮމިޓީން ނިންމާފައިވަނީ ފެބްރުއަރީ މަހު ކުރީކޮޅު ގޭމްސް ފަށާށެވެ.

ސައުތު އޭޝިއަން ގޭމްސް ކުރިއަށް ގެންދާނެ ޕާކިސްތާނުގެ މައިގަނޑު ސިޓީތަކުގެ ތެރޭގައި އިސްލާމްއާބާދާއި ލާހޯރް އަދި ރާވަލްޕިންޑީއާއި ފައިސަލްއާބާދު ހިމެނެއެވެ. ލާހޯރްގައި 18 އިވެންޓެއް ކުރިއަށްދާއިރު، އިސްލާމްއާބާދާއި ރާވަލްޕިންޑީގައި ނުވަ އިވެންޓެއް ބާއްވާނެ އެވެ. އަދި ހޭންޑްބޯލް އިވެންޓް ރާވާފައި އޮތީ، ފައިސަލްއާބާދުގައި ކުރިއަށްދާ ގޮތަށެވެ.

ޕާކިސްތާނުގައި މީގެ ކުރިން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ. އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް