ads
ސައުތުގޭޓް
އިނގިރޭސި ކޯޗު ސައުތުގޭޓް އިސްތިއުފާ ދީފި
ޔޫރޯގެ ފައިނަލުގައި ލިބުނު ނާކާމިޔާބީއާއެކު، އިގިރޭސި ކޯޗު ގެރެތު ސައުތުގޭޓް މަގާމުން އިސްތިއުފާދީފިއެވެ.
Advertisement

ޔޫރޯގެ ފައިނަލަށް ވިދިވިދިގެން ދެ ފަހަރު ގެންގޮސްދިން ސައުތުގޭޓް އިސްތިއުފާ ދިނީ ސްޕެއިން އަތުން ބަލިވިތާ ދެ ދުވަސް ފަހުންނެވެ. ޔޫރޯގެ ފައިނަލްގައި އިންގްލަންޑް ސްޕެއިން އަތުން ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ.

އުމުރުން 53 އަހަރުގެ ސައުތުގޭޓް ވަނީ ކޯޗުކަމުގައި ހުރި އަށް އަހަރު ތެރޭގައި 102 މެޗު ކުޅެފަ އެވެ. އޭނާގެ ކޮންޓްރެކްޓް ހަމަވާން އޮތީ މި އަހަރު ފަހުކޮޅުއެވެ. މުބާރާތުގެ ކުރިންވެސް ސައުތުގޭޓްވަނީ ތަށި ނުލިބިއްޖެނަމަ މަގާމުގައި ނުހުންނާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އިގިރޭސި އެފްއޭއިން ބޭނުންވީ އޭނާ މަގާމުގައި ބަހައްޓާށެވެ.

ފުޓްބޯޅަ އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް މާކް ބުލިންހަމް ވިދާޅުވީ ސައުތުގޭޓްގެ ބަދަލުގައި އާ ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އިންގްލެންޑުން ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ 7 ސެޕްޓެމްބަރުގައި އޮންނަ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް