ads
ފެމިލީ ކޯޓު
ތިއުޅެނީ ރާއްޖޭން ބޭރުގައި މެރީ ކުރަންތަ؟ އެހެންވިއްޔާ މި ކިޔާލާތި
ރާއްޖޭން ބޭރުގައި ކައިވެނި ކުރާނަމަ، އެ ކައިވެނި ކުރާ ގައުމަކީ ދިވެހި ރާއްޖޭގެ ރަސްމީ އޮފީހެއް ހުންނަ ގައުމެއްނަމަ، ދެ މަސް ދުވަހުގެ ތެރޭގައި އަދި އެ ނޫން ގައުމެއް ނަމަ ހަ މަސް ދުވަހުގެ ތެރޭގައި ކައިވެނި ރަޖިސްޓްރީ ކުރަން ހުށަހަޅަން ޖެހޭކަން ފެމިލީ ކޯޓުން ހަނދާންކޮށްދީ އެވެ.
Advertisement

ފެމިލީ ކޯޓުން ބުނީ، ރާއްޖޭން ބޭރުގައި ކައިވެނި ކުރާނަމަ، އެ ކައިވެނި ކުރާ ގައުމުގައި ދިވެހި އޮފީހެއް ހުންނަނަމަ، މަދުވެގެން ދެ މަސް ދުވަހުގެ ތެރޭގައި އަދި ދިވެހި އޮފީހެއް ނުހުންނަ ގައުމެއްނަމަ، ހަ މަސް ދުވަހުގެ ތެރޭގައި ކައިވެނި ރަޖިސްޓްރީ ކުރަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ދިވެހި އޮފީހެއް ނުހުންނަ ގައުމެއްނަމަ ކައިވެނި ރަޖިސްޓްރީ ކުރަން ހުށަހަޅަން ޖެހޭނީ ފެމިލީ ކޯޓަށެވެ.

ކައިވެނި ކުރިތާ ހަ މަސް ފަހުން ހުށަހަޅައިފިނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އެހެންނަމަވެސް މުއްދަތު ހަމަވާ ފަހުން ކަނޑައެޅިފައިވާ ލިޔެކިޔުންތަކާ އެކު ހުށައަޅައިފިނަމަ ކައިވެނި ރަޖިސްޓްރީ ކޮށްދޭނެ އެވެ.

ފެމިލީ ކޯޓުން ބުނި ގޮތުގައި ކައިވެނި ރަޖިސްޓްރީ ކުރަން ހުށައަޅަން ވާނީ ގާނޫނާއި ގަވާއިދު ގައި ބުނާ ލިޔެކިޔުންތަކާ އެކު އެކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ. ރާއްޖެ އިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ ލިޔެކިޔުންތަކާ އެކު ކޯޓަށް ހުށައެޅުމުން ރަސްމީ ތިން ދުވަހާއި ހަތް ދުވަހުގެ ތެރޭގައި އެ ކައިވެންޓެއް ކޯޓުގައި ރަޖިސްޓްރީ ކޮށް ދޭނެ ކަމަށް ވެސް ފެމިލީ ކޯޓުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް