ads
ރެފްރީއަށް ހަމަލާދިން މަންޒަރު
ފުވައްމުލަކުގައި ފުޓްސަލް ރެފްރީއަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި
ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ތެރެއިން، ރެފްރީއަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ކުޅުނު މެޗެއްގެ ތެރެއިންނެވެ. އެ މައްސަލައިގައި އުމުރުން 34 އަހަރުގެ ފިރިހެނަކުވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. ރޭ ހައްޔަރު ކުރި އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެ މީހާ މިއަދު ފުވައްމުލަކު ކޯޓަށް ހާޒިރު ކުރާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ދަނޑު ބޭރުން އެރި މި މީހާ ރެފްރީއަށް ހަމަލާދިން މަންޒަރު، ފުވައްމުލަކު ސިޓީ ކައުންސިލްގެ ފޭސް ބުކް ޕޭޖުން މެޗު ލައިވް ކުރިއިރު އާއްމުކޮށްފައިވެއެވެ. ފޭސްބުކުގައި ދައުރުވަމުން އަންނަ އެ ހަމަލާގެ ވީޑިއޯގައި ފެންނަނީ މާލެގަން ސްޕޯޓްސް ކްލަބާއި ސައުތު ސައިޑް ސްޕޯޓްސް ކްލަބް (މާދަޑު) ޓީމު ކުޅުނު ސެމީ ފައިނަލް މެޗު ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ދަނޑު ބޭރުން މީހަކު ދުވެފައި އައިސް ފުންމައިގެން އަރައި ރެފްރީގެ ބުރަކަށީގައި ކޮޅުފައިން ޖަހާ މަންޒަރެވެ. އޭރު ރެފްރީ ހުރީ ކުޅުންތެރިޔަކަށް އަނިޔާވުމުން ފަރުވާދޭތީ އެތަނުގައި މަޑުކޮށްލައިގެންނެވެ.

ހަމަލާއާ އެކު ރެފްރީ ކަހާލައިގެން ގޮސް ޖެހުނީ އެތަނުގައި ހުރީ އެހެން ކުޅުންތެރިއެއްގެ ގައިގަ އެވެ. އެ ކުޅުންތެރިޔާ ބޮލަށް ތަދުވެ އަތްއަޅައިގެން އޮންނަ ތަން ފެނެ އެވެ. ރެފްރީ އާއި އެ ކުޅުންތެރިޔާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ. އޭރު ނަތީޖާއަކީ، މާލެ ގަން ޓީމު ތިން ލަނޑުން ކުރީގައި އޮތުމެވެ. އިދިކޮޅަށް ކުޅުނު ސައުތު ސައިޑަށް އޭރަކު ލަނޑެއް ނުޖެހެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަމަލައާ ގުޅިގެން މެޗު މެދުކަނޑާލުމަށް ފަހު އަލުން ފެށީ އެހެން ރެފްރީއެއް އަރުވައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް