ads
އެމްއެމްއޭ ގަވަރުނަރު އަލީ ހާޝިމް———
ގަވަރުނަރު ހާޝިމް ވަކިކުރަން ފެންނަކަމަށް ކޮމެޓީން ނިންމައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރަން ރައީސްއަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
Advertisement

ކޮމެޓީން މިގޮތަށް ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވި 8 މެމްބަރުންގެ އިއްތިފާގުންނެވެ. ހާޝިމް މަގާމުން ވަކިކުރަން ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ދުއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމެވެ، އެ ހުށައެޅުމަށްް ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުالله އެވެ.

ކޮމެޓީގެ މި ނިންމުން ދެން ހުށައަޅާނީ މަޖިލީހުގެ ތަޅުމަށެވެ. އަދި މިކަމުގައި ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުންމުންނެވެ. 

ގަވަރުނަރު ހާޝިމް ވަކިކުރަން ހުށައެޅި މައްސަލާައި ޖަވާބުދާރީވުމަށް މަޖިލީހަށް ހާޒިރުވުމަށް މި ތިން ދުވަހު ފުރުސަތު ދިނެވެ. އެހެންނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ ގަވަރުނަރު ކޮމެޓީއަށް ހާޒިރުވެޑައިގެންފައެެއް ނުވެއެވެ. އެ މައްސަލާގައި ޖާވާބި ގަވަރުނަރު ހާޝިމް ވަނީ ލިޔުމުން ޖަވާބު ފޮނުއްވާފައެވެ.

ގަވަރުނަރު ކަމުން ހާޝިމް ވަކިކުރަން ރައީސްއަށް ލަދާދޭން ފެންނަކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ގައުމުގެ އިގުތިސާދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާކަމަށެވެ.  

ގަވަރަނަރަށް ކުރި ތުހުމަތަށް ދެއްވި ޖަވާބު 

މި ތުހުމަތުތަކަށް ރައްދުދެއްވާ ހަވަރުނަރު ހާޝިމް މަޖިލީހަށް ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައިވަނީ އެމްއެމްއޭއާ މަތިކޮށްފަައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި، ދައުލަތުގެ މާލީ ހާލަތާ ގުޅިގެން ސަރުކާރުތަކަށް ދޭންޖެހޭ ލަފައާއި އިރުޝާދު ތަކުރާރުކޮށް ދެއްވި ނަމަވެސް އެ އިރުޝާދުތަކަށް ސަރުކާރުތަކުން އިޖާބުނުދިން ކަމަށެވެ.  

ގަވަރުނަރު ވަނީ މި ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ނުދިނުމާއި އެމްއެމްއޭގެ މައިގަނޑު މަގްސަދުތައް ހާސިލުކުރަން މަސައްކަތް ނުކުރާ ކަމަށް ކުރާ ތުހުމަތުތައް ވެސް ދޮގުކުރައްވާފައެވެ.

ގަވަރުނަރު ވިދާޅުވީ އެމްއެމްއޭއިން ކުރިން ރާވާފައި އޮތީ މި އަހަރުގެ ފެބްރުއަރީގައި އެމްއާރުއާރު 12.5 ޕަސެންޓަށް މަތިކުރަން ކަމަށެވެ. ނަމަވެސް ފިސްކަލް ރިފޯމުތައް ގެންނަން އުޅޭ ދަނޑިވަޅެއްގައި މިކަން ކޮށްފި ނަމަ، ސަރުކާރުގެ ކޭޝްފްލޯ މެނޭޖުކުރަން ދަތިތަކާ ކުރިމަތިވާނެކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރުމުން އެ ނިންމުން ތަންފީޒުކުރުން ފަސްކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެމްއެމްއޭއިން ފުރަތަމަ ނިންމީ ދިވެހި ރުފިޔާގެ އެމްއާރުއާރު 12.5 ޕަސެންޓަށް މަތިކުރުން ޖުލައި 2024 އަށް ފަސްކޮށް، 15 ޕަސެންޓަށް މަތިކުރުން އަންނަ އަހަރަށް ފަސްކުރުމަށެވެ. މިގޮތް ފިނޭންސަށް ކަމު ނުގޮސްގެން އެމްއާރުއާރު މަތިކުރަން ނިންމި ނިންމުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށް ހާޝިމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް