ads
މެސީ
އަނިޔާގެ ސަބަބުން ކުރިއަށް އޮތް ދެ މެޗު މެސީއަށް ނުކުޅެވޭނެ
ކޮޕާ އެމެެރިކާގެ ފައިނަލް މެޗުގައި ލިބުނު އަނިޔާގެ ސަބަބުން، ކުރިއަށް އޮތް ދެ މެޗުގައި އިންޓަމިޔާމީއަށް މެސީއަށް ނުކުޅެވޭނެ ކަމަށް އިންޓަމިޔާމީގެ ކޯޗު ބުނެފިއެވެ.
Advertisement

މެސީއަށް އަނިޔާވީ ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައެވެ. އެ އަނިޔާގެ ސަބަބުން މެސީއަށް ކްލަބުގައި ކުރިއަށް އޮތް ދެ މެޗު ނުކުޅެވޭއިރު، އެއީ މާދަމާ ޓޮރޮންޓޯ އެފްސީއާ ދެކޮޅަށް އިންޓަމިޔާމީ ކުޅޭ މެޗާއި ހޮނިހިރު ދުވަހު ޝިކާގޯ އެފްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. 

ރިޕޯޓްތައް ބުނާ ގޮތުން މެސީއަށް ލިބިފައިވާ އަނިޔާގެ ތަފްސީލްތައް ކްލަބުގެ މެޑިކަލް ޓީމުން މިހާރު އަންނަނީ ބަލަމުންނެވެ. މެސީއަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް ކުރިން ބެލެވުނަސް އޭނާ ބުނެފައިވަނީ އޭނާ އޯކޭ ކަމަށެވެ. 

ކޮޕާ އެމެރިކާގެ ފައިނަލް މެޗުގައި މީގެ ތިން ދުވަސް ކުރިން އަނިޔާވެ މެސީ ބޭލިއިރު އޭނާގެ ފައިގެ ކުޑަހުޅު އޮތީ ދުޅަވެ އަރާފައެވެ. އަނިޔާ ވެގެން ބޭލިއިރު ފެނުނީވެސް މެސީ ގަދައަށް ރުއި މަންޒަރެވެ. 

އާޖެންޓީނާއިން ކޮލަމްބިއާ ބަލިކޮށް ވިދިވިދިގެން ދެވަނަ ފަހަރަށް ކޮޕާ އެމެރިކާ ކާމިޔާބު ފައިނަލް މެޗުގައި އަނިޔާ ވެގެން މެސީ ބޭލީ 66 ވަނަ މިނިޓުގައެވެ. 

މެޗަށް ފަހު އާޖެންޓީނާގެ ކޯޗު ބުނި ގޮތުގައި މެސީގެ ކުޑަ ހުޅަށް އަނިޔާވިނަމަވެސް އޭނާ ބޭނުންވީ ކުޅޭށެވެ. އެކަމަކު ލިބިފައިވާ އަނިޔާގެ ސަބަބުން އެއްގޮތަކަށްވެސް ކެތް ނުކުރެވިގެން އޭނާ ބަދަލު ކުރަން މަޖުބޫރުވީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް