ads
ގއ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރަން ފަށަން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ގއ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރަން ފަށަނީ
ގއ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަށް ފެށުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއާ ގއ. އަތޮޅު ކައުންސިލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

ޑީއެންއާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާ ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނަލޮޖީގެ ނައިބް އަހްމަދު އާލީއެވެ. ގއ. އަތޮޅު ކައުންސިލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ގއ. އަތޮޅު ކައުންސިލްގެ ރައީސް ޢިބްރާޙީމް ޝަހީންއެވެ. 

ޑީއެންއާރުން ބުނީ މި އެއްބަސްވުމާއި އެކު ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ގއ. އަތޮޅު ކައުންސިލުން ކާޑު ޕްރިންޓްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ހިދުމަތް ފެށިގެންދާނެކަމަށެވެ.

ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އައިޑީ ކާޑު ޔުނިޓް ނުވަތަ ޑީއެންއާރުގެ މަސައްކަތްތައް ބައްޓަން ކުރުމުގެ ގޮތުން ޚާއްސަ ޕޯޓަލްއެއް "ނާރެސް" ތަޢާރަފްކުރުމަށް ވަނީ ނިންމާފައެވެ.

ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހަދަން އެދެވޭ ގޮތް ހެދުމަށް ޑީއެންއާރުން "ނާރެސް" ޕޯޓަލް ބޭނުންކުރަން މާދަމާ ފަށަން އެ އިދާރާއިން ވަނީ ނިންމާފައެވެ.

"ނާރެސް" މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑްގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީ ކާޑް ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައިގަތުމަށް ހިދުމަތް ލިބިގެންދާނެއެވެ. ހަމަ އެއާއެކު ކޮންމެ ކައުންސިލަކަށް 10 އިނގިލީގެ ނިޝާން ނަގާ ފިންގާ ޕްރިންޓް ޑިވައިސްތަކެއްވެސް ހަވާލުކުރެވޭނެކަމަށް ޑީއެންއާރުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް