އުމުރުން އެންމެ 19 އަހަރުގެ މި ކުޅުންތެރިޔާއަކީ، ރެއާލް މެޑްރިޑުގެ ކުޅުންތެރިއެކެވެ. ޔޫރޯގެ ކުއާޓާ ފައިނަލާ ހަމައަށް ތުރުކީ ގުލާވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. މިފަހަރު ޔޫރޯގައި ފެނުނު އެންމެ މޮޅު ލަނޑުތަކުގެ ލިސްޓްގައި، ޖޯޖިއާ ކޮޅަށް އޭނާ ޖެހި ލަނޑު ހިމެނެއެވެ.
ގުލާ ރެއާލްއާ ގުޅުނީ މިދިޔަ ސީޒަނުގައެއެވެ. އަންނަ ސީޒަންގައި އޭނާއާއެކު ކުޅޭނެ ކުޅުންތެރިންގެ ތެރޭގައި ފްރާންސްގެ އެމްބާޕޭ ހިމެނެއެވެ. ރެއާލުން އޭނާގެ ސޮއި ހޯދީ ފެނަބާޗޭއިން 22 މިލިއަން ޑޮލަރަށެޗެ.
ގުލާ، ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރު ފޮޓޯތައް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.