އެ ޖަމިއްޔާއިން ބުނީ، މި ކައުންޓް ޑައުން ފެށުމަށް ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ.
އެމްއެމްޑީޖޭ ގެ ރައީސް ވިދާޅުވީ، ދަރިވަރުން ގެނެސްދޭ މިއުޒިކް ޝޯއެއް 24 ވަނަ ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ. މިއީ މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ތެރެއިން ސްކޫލް ދުވަސްވަރު އާއި އޭގެ ފަހުން ވެސް މިއުޒިކް ކުޅުނު މީހުން އިސް ނަގައިގެން ބާއްވާ ޝޯ އެކެވެ.
އެމްއެމްޑީޖޭ ގެ ރައީސް އިތުރަށް ވިދާޅޫވީ، މޮނިއުމެންޓް އެ ޖަމިއްޔާއިން ބިނާކޮށް ހަދިޔާ ކުރާނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭން ފެށީ 19 އޭޕްރީލް 1927 ގަ އެވެ. އެ ސްކޫލަށް 100 އަހަރު ވާނީ 19 އޭޕްރީލް 2027 ގަ އެވެ.