ads
ފަރެސްމާތޮޑާ ކައުންސިލް ބޭފުޅުންނާއެކު ނައިބް ރައީސް - ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ފަރެސްމާތޮޑާ ކައުންސިލާ ބައްދަކުރައްވައިފި
ދައުލަގެ ހަރަދު ކުޑަކުރަން އަންގަވާފައި ވަނިކޮށް ގދ. ފަރެސްމާތޮޑާ ކައުންސިލުން މާލެ ވަޑަޑިގެން ނައިބު ހުސައިން މުހައްމަދު ލަތީފާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
Advertisement

ރައީސްގެ އޮފީހުގައި މިއަދު މި ބައްދަލުކުރެއްވުމުގައި ފަރެސްމާތޮޑާ ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާއި ކުރިމަތިވާ ދަތި މައްސަލަތައް ހިއްސާ ކުރއްވައިފަ އެވެ. އެގޮތުން:

 - ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި އޮތުން

 - ސިއްހީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ބަނދަރުގެ މަސައްކަތް ނުފެށި އޮތުމުގެ ކަންބޮޑުވުން

 - ފަރެސްމާތޮޑާއާއި އެއަރޕޯޓް ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތާއި ފަރެސްމާތޮޑާ އެއަރޕޯޓާއި ގުޅިގެން ހުރި ކަންބޮޑުވުންތައް

 - އެރަށުން އިތުރު ގޯތި ދިނުމާއި ސިނާޢީ ބޭނުންތަކަށް ބިން ހިއްކަން ބޭނުންވާކަން

މި ބައްދަލުކުރެއްވުގައި ނައިބު ރައީސް ވަނީ އެރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައިވެސް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެކަމުގަ އެވެ.

ރާއްޖޭގެ އިގުތިސާދަށް މިވަގުތު އޮތް ހާލަތާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާތީ ކައުންސިލުތަކުގެ ހަރަދު ކުޑަކުރުމަށްޓަކައި ދަތުރުތަކާއި ހަފުލާތަކާއި މުބާރާތްތައް މަޑުޖައްސައިލުމަށް ލޯކަލް ގަވަރމަންޓް މިނިސްޓްރީއިން ވަނީ އަންގަާފަ އެވެ.

މި ވަގުތު ކޮންމެހެން ކުރައްވަންޖެހޭ ހަރަދުތައް ނޫނީ ނުކުރެއްވުމަށާއި ކޮންމެހެން ކުރައްވަންޖެހޭ ދަތުރުތައް ނޫނީ ނުކުރެއްވުމަށާއި މުނާސަބަތުތަކާ ގުޅިގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ފިޔަވައި އެއްވެސް ހަރަކާތެެއް ނުބޭއްވުމަށާއި އެެއްވެސް ހަފުލާއެއް ނުވަތަ ކުޅިވަރު މުބާރާތެއް މި ދުވަސްވަރު ނުބޭއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދެންނެވިން" ދާދިފަހުން މިނިސްޓަރު އާދަމް ޝަރީފް އުމަރު ސޮއިކުރައްވައި ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް ފޮނުވި ސާކިއުލާގައިވެ އެވެ. 

އަދި ސަރުކާރުގެ ވުޒާރާތަކާ ބައްދަލުކުރެއްވުމަށް މި ދުވަސްވަރު މާލެ ވަޑައިގަތުމުގެ ބަދަލުގައި ޓެކްނޮލޮޖީގެ ބޭނުން ހިފައި އޮންލައިންކޮށް ބައްދަލުވުންތައް ރޭއްވެވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ސާކިއުލާގައި ވަނީ އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް