ads
އޮސްޓްރޭލިއާ ކޯޗަކާއެކު ހައިޕާފޯމަންސް ކްރިކެޓް ކޭމްޕެއް
އޮސްޓްރޭލިއާ ކޯޗަކާއެކު ހައިޕާފޯމަންސް ކްރިކެޓް ކޭމްޕެއް
ރާއްޖޭގެ ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން، އޮސްޓްރޭލިއާގެ މަޝްހޫރު ހައި ޕާފޯމަންސް ކޯޗެއްގެ އިރުޝާދާއެކު ބާއްވާ ހައި ޕާފޯމަންސް ކްރިކެޓް ޕްރޮގްރާމްއެއް ފަށައިފިއެވެ.
Advertisement

މި ޕްރޮގްރާމަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހަފްތާއެއްގެ މުއްދަތަށް ހިންގޭ ޓްރެއިނިން ކޭމްޕް ކުރިއަށްދާނީ އޮސްޓްރޭލިއާގެ މަޝްހޫރު ހައި ޕާފޯމަންސް ކޯޗު އެލަން ކޭމްބެލް ގެ ބެލުމުގެ ދަށުންނެވެ.

އެލަންއަކީ ހައި ޕާފޯމަންސް އަދި ކްރިކެޓް މެނޭޖްމަންޓުގެ ރޮނގުން 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ކޯޗެކެވެ. އޮސްޓްރޭލިއާގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކަކަށް އޭނާ ވަނީ ޓްރެއިނިން ފުރިހަމަކޮށްދީފައެވެ. އެލަން ވަނީ އިންޑިއާގެ އައިޕީއެލް ޓީމް ކިންގްސް އިލެވަން ޕަންޖާބްގެ ހައި ޕާފޯމަންސް ކޯޗުގެ މަގާމްވެސް ފުރާފައެވެ.

މި ކޭމްޕްގައި، މިއަހަރު މެލޭޝިއާގައި ބާއްވާ އައިސީސީ ޓީޓުވެންޓީ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ގައުމީ ސްކޮޑުގެ ކުޅުންތެރިންނާއި، 16 އަހަރާއި 19 އަހަރުން ދަށުގެ ސްކޮޑުގެ ހޮވާލެވޭ ކުޅުންތެރިން ބައިވެރިވާނެއެވެ. އަދި އަންހެން ކްރިކެޓް ސްކޮޑްގެ ބައެއް ކުޅުންތެރިންވެސް ބައިވެރިވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް