ads
ގާޑިއޯލާ
އިންގްލަންޑްގެ ކޯޗު ކަމަށް ގާޑިއޯލާ
އިންގްލަންޑްގެ ކޯޗު ކަމަށް ޕެޕް ގާޑިއޯލާ ގެންނަން އިގިރޭސި އެފްއޭއިން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން ހުސްވެފައިވާ އިގިރޭސި ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް އެފްއޭއިން ގެންނަން ބޭނުންވަނީ ގާޑިއޯލާއެވެ. އެކަމަކު އޭނާ ހުރީ އަންނަ ސީޒަންގެ ނިޔަލަށް މެންޗެސްޓަ ސިޓީގެ ކޮންޓްރެކްޓެއްގައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގާޑިއޯލާއާ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަންދެން، ދާއިމީ ކޯޗެއް ޓީމަށް ނުނަގައި މަޑު ކުރަންވެސް އެފްއޭއިން އޯކޭއެވެ. 

ގާޑިއޯލާ އިގިރޭސި ޓީމާ ހަވާލުވާން އެއްބަސްވާނަމަ، ކޮންޓްރެކްޓް މުއްދަތު ހަމަވަންދެން ބާކީ އޮތް ދުވަސްކޮޅަށް އިންޓަރިމް ކޯޗެއް ނަގަންވެސް އިގިރޭސި އެފްއޭއިން ތައްޔާރަށް ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އިގިރޭސި ކޯޗުކަމުގެ މަގާމު ހުސްވީ، ޔޫރޯއަށް ފަހު ގެރެތު ސައުތުގޭޓް އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ. އަށް އަހަރަށް ފަހު ސައުތުގޭޓް އިސްތިއުފާ ދިނީ، ދެ ޔޫރޯގެ ފައިނަލްގައި ކުޅެ ތަށި ނުލިބުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް