ads
ހައި އެޗީވާސް އެވޯދް ހަފްލާގަައި ރައީސް ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ
ކިޔަވައިގެން ގައުމަށް އާދޭ، ބޮޑު މުސާރައާއި ވަޒީފާ ދޭނަން: ރައީސް
މަތީ ތައުލީމު ހާސިލުކުރުމަށްފަހު އެނބުރި ގައުމަށް އައުމުން ބޮޑެތި މުސާރަތައް ލިބޭ ވަޒީފާ ހަމަޖައްސަވައިދެއްވާނެކަމަށް ދަރިވަރުންނަށް ރައީސްް ޑރ. މުހައްމަދު މުއިއްޒު ވައުދުވެޑައިގެންފިއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަތީ ތައުލީމީ ހާސިލުކުރުމަށް ފަހު ބައެއް ދަރިވަރުން ރާއްޖެ ނާންނަކަމަށެވެ. އަދި ރާއްޖެ އަންނަ ދަރިވަރުންވެސް އަމިއްލަ ދާއިރާތަކުގައި މަސައްކަތްކުރާކަން ރައީސް މުއިއްޒު ފާހަގަ ކުރައްވިއެވެ.

ރައީސް ދަރިވަރުންނަށް މިރޭ ވަނީ ޔަގީންކަމެއް ދެއްވާފައެވެ. އެގޮތުން ކިޔަވައިގެން އަންނަ ކުދިންނަށް ރަނގަޅު ވަޒީފާއާއި ބޮޑު މުސާރަ ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.

" ޕްރައިވެޓް ސެކްޓާއަށްވުރެ ރަނގަޅު ވަޒީފާ އަދި އެއަށް ވުރެ ރަނގަޅު މުސާރައެއް ދިނުމަށް އަޅުގަނޑު ވާނީ ނިންމާފައި. އެކި ފަންނުތަކުން އެކި ދާއިރާތަކުން ރަނގަޅު މަގާމުތައް ލިބޭނެ އިރާދަކުރެއްވިއްޔާ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި  އަންނަ އަހަރުން ފެށިގެން އުމްރާނީ ތަރައްގީގެ ބަޖެޓުން 200 މިލިޔަން ރުފިޔާ، އިންސާނީ ތަރައްގީއަށް ހަރަދު ކުރެވާނެކަމަށެވެ. އެކަން ކުރައްވަނީ ކިޔަވައިގެން އަންނަ ޒުވާނުންނާއި އަމިއްލަ ދާއިރާތަކުގައި އުޅޭ ޒުވާނުންނަށް ސަރުކާރުން ވަޒީފާ ދީ، ބޮޑެތި މުސާރަ ހަމަޖެއްސުމަށްކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި އޭރުން އަމިއްލަ ދާއިރާތަކަށް ވުރެ ސަރުކާރުގެ ވަޒީފާތައް ރަނގަޅުވާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. 

" އެހެންވެ އަޅުގަނޑު ދަންނަވަން އޮތީ، އަވަހަށް ރާއްޖެ އައުމުގެ ވިސްނުން ބަހައްޓާށޭ. ޕްލޭން ކުރާށޭ. އަންނަ އަހަރުން ފެށިގެން މުސާރަ ބޮޑުވާނެއޭ،" ދަރިވަރުންނަށް ްވަޒީފާއާއި މުސާރައިގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވިއެވެ.

މަތީ ތައުލީމު ހާސިލުކުރުމަށްފަހު ރާއްޖެ ނާންނަ އއް ސަބަބެއްގެ ގޮތުގައި ބޯހިޔާވަހިކަމުގެ ދަތިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަން ހައްލުކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާކަމަށާއި ގެދޮރުވެރިކަމުގެ ދަތިކަން ވެސް  ކުރިޔަށް އޮތް ތަނުގައި ފިލުއްވައިދެއްވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް