ads
ގަވައިދާ ހިލާފަށް ވިޔަފާރިކުރަނިކޮށް ރޭ އަތުލައިގެން ބީދޭސީ އަންހެންނެއް
"އިމިގްރޭޝަން ވޮޗް"، 24ގަޑިއިރުތެރޭ 13 ބިދޭސީން ބަންދުކޮށްފި
"އިމިގްރޭޝަން ވޮޗް" ޕޯޓަލް ހުޅުވާލިތާ 24 އިރުވެ ތެރޭގައި އެ ޕޯޓަލަށް ހުށައެޅި މައްސަލަތަކާއި ގުޅިގެން 13 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
Advertisement

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނުވަތަ އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓު ކުރުމަށްޓަކައި "އިމިގްރޭޝަން ވޮޗް" ޕޯޓަލް ތައާރަފުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. 

މި ޕޯޓަލަށް ހުށައެޅި މައްސަލަތކާއި ގުޅިގެން އިމްގިރޭޝަނުން ރޭ ވަނީ ހުޅުމާލޭގެ 5 ތަނެއް ބަލާ ފާސްކޮށް 13 ބިދޭސީއަކު އެ އިދާރާގައި ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެތެރޭގައި 2 އަންހެނުންވެސް ހިމެނެ އެވެ. 

ރޭ ހައްޔަރުކުރި ބިދޭސީންގެ ތެރޭގައި ގަރާޖެއްގެ މަތީގައި ކާބޯތަކެތި ހަދާ ޑެލިވަރީ ކުރަމުން ދިޔަ ބިދޭސީންތަކެއް ހިމެނެއެވެ. މި މީހުންގެ މައުލޫމާތު ލިބިގެން އިމިގްރޭޝަން އޮފިސަރުން އެތަނަށް ދިޔައިރު މި މީހުން ގެންދިޔައީ އެތަން ރޫޅާލާ ހުސްކުރުމުގެ މަސައްކަތް ކުރަމުންކަމަށް އިމިގްރޭޝަނުން ބުނެ އެވެ. 

your imageގަރާޖެއްގެ މަތީގައި ކާބޯތަކެތި ހަދަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދަނީ 

"އިމިގްރޭޝަން ވޮޗް" ޕޯޓަލް މި ހިދުމަތަކީ އާންމުންނަށް އިމިގްރޭޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ފަދަ ޕްލެޓްފޯމެއް ކަމަށް އެ އިދާރާއިން ބުނެެއެވެ. އެގޮތުން މި ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. 

ސައުވީސް ގަޑިއިރު ހިދުމަތް ލިބޭ މި ޕްލެޓްފޯމަށް ފޮޓޯއާއި މިނޫން ވެސް މައުލޫމާތު ހުށަހަޅައި ރިޕޯޓް ކުރެވޭނެ އެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މައްސަލަ ރިޕޯޓްކުރުމަށް https://imuga.immigration.gov.mv/report-offenceއަށް ގޮސް، އިމިގްރޭޝަން ވޮޗް ހިޔާރުކޮށް، މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މައްސަލަތައް ރިޕޯޓް ކުރެވޭނެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ޖުމްލަ 120 މީހުން އިމިގްރޭޝަންގެ ދަށަށް ގެނެވި، އެމީހުން ފުރުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. 

މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް