ads
ލެނީ ޔޯރޯ
ޒާކްޒީއަށް ފަހު ލެނީ ޔޯރޯގެ ޑީލުވެސް ޔުނައިޓެޑުން ނިންމައިފި
ފްރާންސްގެ ލޮސްކް ލިލްގެ ޑިފެންޑަރު، ލެނީ ޔޯރޯ، މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.
Advertisement

އުމުރުން 18 އަހަރުގެ ޑިފެންޑަރު، ލެނީ ޔޯރޯގެ ޔުނައިޓެޑުގެ ޑީލަކީ 62 މިލިއަން ޑޮލަރުގެ ޑީލެކެވެ. މިއީ، އާ ސީޒަނަށް ޔުނައިޓެޑުން ގެނައި ދެވަނަ ކުޅުންތެރިޔާއެވެ. ޔުނައިޓެޑުން ފުރަތަމަ ގެނައީ، ބޮލޯނިއާގެ ފޯވާޑް، ޔޯސުއާ ޒާކްޒީއެވެ.

ޔޯރޯ، ޔުނައިޓެޑާ އެކު، ހެދީ ފަސް އަހަރުގެ އެއްބަސްވުމެކެވެ. އާއްމު އުސޫލުން މި އެއްބަސްވުން އިތުރު އަހަރަކަށް އެކްސްޓެންޑް ކުރެވޭ ގޮތަށް ކޮންޓްރެކްޓްގައިވަނީ ހިމަނާފައެވެ.

މެންޗެސްޓަ ޔުނައިޓެޑުން ސީޒަން ފަށާނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު، ކޮމިއުނިޓީ ޝީލްޑް މެޗުންނެވެ. ކޮމިއުނިޓީ ޝީލްޑް މެޗުގައި ޔުނައިޓެޑު ނުކުންނާނީ ވާދަވެރި މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް