ads
ފޮޓޯ: ފުލުހުން
1.5މ ރުފިޔާގެ ވައްކަމުގައި ހިމެނޭ މީހާގެ ބަންދު އިތުރުކޮށްފި
ދޮޅު މިލިއަނެއްހާ ރުފިޔާގެ ވައްކަމުގެ މައްސަލައިގައި ހިމެނޭ މީހާގެ ބަންދު މުއްދަތު އިތުރުކޮށްފި އެވެ.

ދޮޅު މިލިއަނެއްހާ ރުފިޔާގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މީގެ ކުރިންވެސް ކުށުގެ އެތައް ރެކޯޑެއް އޮންނަ ކަމަށް ރިކޯޑްތަކުން ދައްކާ، އއ. މަތިވެރި، ހަނދުވަރީގެ، އަބްދުﷲ ޖަމީލް އެވެ. އޭނާއަކީ އުމުރުން 33 އަހަރުގެ މީހެކެވެ.

އަބްދުﷲ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ޖެހި 15 ދުވަސް ހަމަވެގެން މިއަދު އަނެއްކާވެސް ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. އޭނާގެ ބަންދު އަމުރުގެ ރިޕޯޓުން އެނގޭ ގޮތުގައި ދޮޅު މިލިއަނެއްހާ ރުފިޔާގެ ވައްކަމުގެ މައްސަލައަކީ އިންތިޒާމު ވެގެން، ރާވައިގެން ގިނަ ބަޔަކު ހިމަނައިގެން ކޮށްފައިވާ ވައްކަމެވެ.

އަބްދުﷲ ޖަމީލްގެ މައްޗަށް ފުލުހުން މި ފަހަރު ކުރާ ތުހުމަތަކީ ހުއްދަ ނޫން ތަނަކަށް ވަނުމާއި، މުދަލައް ގެއްލުން ދިނުމާއި ވައްކަން ކުރުމުގެ ތުހުމަތެވެ. ރިކޯޑްތަކުން ދައްކާ ގޮތުގައި އަބްދުﷲ ޖަމީލަކީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ފޮޓޯއާއެކު ފުލުހުން އިއުލާންކޮށްފައިވާ މީހެކެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު، ފޭކް ބޭންކް ސްލިޕެއް ހަދައިގެން ފިހާރައަކުން ވިޔަފާރި ކުރި މައްސަލައެއްގައި އެއް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަންވެސް ރިކޯޑްތަކުން ދައްކަ އެވެ. މީގެ އިތުރުން 2020 ވަނަ އަހަރުގެ ކުރީކޮޅު، މަތިވެރިއަށް ބަނގުރާ ގެންދިޔަ މައްސަލައެއްގައި ދައުލަތުން ދައުވާކޮށް އަބްދުﷲ ޖަމީލްގެ މައްޗަށް ކުށް ސާބިތުވެފައިވާކަން ރިކޯޑްތަކުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް