ads
އަންހެން ވޮލީ ޓީމުގެ މެންބަރުން
ޒުވާން އަންހެން ޓީމު ދެވަނަ މެޗުންވެސް ބަލިވެއްޖެ
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް މުބާރާތުގައި ދިވެހި ޒުވާން އަންހެން ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ.
Advertisement

މާލޭގައި ކުރިއަށްދާ މި މުބާރާތުގައި ދެވަނަ މެޗުން ރާއްޖެ ބަލިވީ ލަންކާ އަތުންނެވެ. ލަންކާ އަތުން މި މެޗުން ދިވެހި ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. އެއީ  25-08 ، 25-09 އަދި 25-16 އިންނެވެ.

މާލޭގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ވަނީ ކިރްގިސްތާނު އަތުން ތިން ސެޓުން ބަލިވެފައެވެ. 

މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއެވެ. ނޭޕާލާ ރާއްޖެ ކުޅޭނީ މާދަމާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް