ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރިކުރަން އުޅުނު މީހަކު އަތުލައިގެންފި
މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރިކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރިކުރަން އުޅުނު މައްސަލައެއް މި މަހުގެ 17 ވަނަ ދުވަހުފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 64  ދިބެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ފަހަކަށް އައިސް މާލޭގައި ކުށްކުރުން ވަނީ އިތުރުވެފައެވެ. އޭގެތެރޭގައި ވައްކަމާއި ފޭރުމާއި މަކަރާއި ހީލަތާއި މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތައް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް