ސްވިޑްންގެ މަޝްހޫރު ކުޅުންތެރިޔާ ޒްލަޓާން އިބްރަހިމޮވިޗްގެ ދަރިފުޅު، މެކްސިމިލިއަން ފުރަތަމަ ޕްރޮފެޝަނަލް ކޮންޓްރެކްޓްގައި ސޮއިކުރިއިރު އޭނާގެ އުމުރަކީ 17 އަހަރެވެ. މެކްސިމިލިއަން އައީ މިލާންގެ ޔޫތު ޓީމުތަކަށް ކުޅެމުންނެވެ.
މެކްސިމިލިއަން އެންމެ ފުރަތަމަ ޔޫތު ލެވަލްގައި މިލާނަށް ކުޅުނީ، 2022 ވަނަ އަހަރު އެވެ. އޭރު މިލާންގެ 17 އަހަރުން ދަށުގެ ޓީމަށް އަދި ފަހުން 18 އަހަށުން ދަށުގެ ޓީމަށްވެސް އޭނާ ކުޅުނެވެ. މިދިޔަ ސީޒަނުގައި މިލާންގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅުނެވެ.
މެކްސިމިލިއަން އޭސީ މިލާނަށް ސޮއި ކުރިއިރު، އޭނާގެ ބައްޕަ އިބްރޮހޮމަވިޗް ފުޓްބޯޅައިން ރިޓަޔާކުރުމަށް ފަހު މިހާރު މަސައްކަތް ކުރަމުން އަންނަނީ މިލާންގެ އެޑްވައިޒަރީ ރޯލެއްގަ އެވެ.