ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
އައިސީޖޭގެ ނިންމުމަށް ރައީސްގެ މަރުހަބާ، އެއީ ފަލަސްތީނަށް ބޮޑު ކާމިޔާބެއް ކަމަށް
ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފައިބަންޖެހޭނެ ކަމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ ލަފަޔަކީ ފަލަސްތީނަށް ބޮޑު ކާމިޔާބެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އެކްސްގައ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިރުމަތީ ގުދުސް ހިމެނޭގޮތަށް ފަލަސްޠީނުގެ ހިފާފައިވާ ސަރަހައްދުގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތުތަކާއި އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގާނޫނީ ނަތީޖާތަކާ ގުޅޭގޮތުން އައިސީޖޭއިން މިއަދު ދެއްވި އެޑްވައިޒަރީ ހިޔާލަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. 

އައިސީޖޭއިން މިއަދު ނެރުނު ލަފާގައިވަނީ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެެރިކުރުވުމުގެ ހުރިހާ ހަރަކާތެއް މިހާރުން މިހާރަށް ހުއްޓާލައި ހިފާފައިވާ ބިންތައްކުގައި ވަޒަންވެރިކޮށްފައިވާ މީހުން އެ ތަންތަން ދޫކޮށް ދާންޖެހޭ ކަމަށެވެ.

އެހެންކަމުން ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން މިހާރުން މިހާރަށް ފައިބައި އެ ތަންތަނަށް ދީފައި ހުރި ގެއްލުންތަކުގެ ބަދަލު ދޭންޖެހޭ ކަމަށް ވެސް ރައީސް ގޮވައިލެއްވިއެވެ.

ރައީސްގެ ޕޯސްޓުގައި ވަނީ އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރަން ރާއްޖެއިން ގޮވައިލާ ގޮވައިލުން ތަކުރާރު ވެސް ކުރައްވައިފަ އެވެ.

''އިޒްރޭލުގެ ޣައިރު ގާނޫނީ ވަޒަންވެރިކަމުގެ ސިޔާސަތުތައް ވަގުތުން ނިމުމަކަށް ގެނައުމަށާއި، އެ ސިޔާސަތުތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް އަޅުގަނޑު ގޮވާލަން.''

ރައީސް މީގެކުރިން ވެސް ވަނީ ފަލަސްތީނު މައްސަލައިގައި އެކި މަގާމުތަކުގައި ވާހަކަފުޅު ދައްކަވައިފަ އެވެ. ފަލަސްތީނަށް އެހީވުމަށް ރައީސްގެ އިސްނެންގެވުމާއެކު ދާދިފަހުން ޓެލެތޯނެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް