ހުސްވެފައި އޮތް އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް، މާކުއޭޒް ހަމަޖައްސާފައިވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ތިން އަހަރަށް ގައުމީ ޓީމުގެ ކޯޗުކަން މާކުއޭޒްއަށް ހަމަ ޖެއްސި ނަމަވެސް މި އަހަރު ނިމެންދެން އޭނާ އެފްސީ ގޯއާގެ ކޯޗުކަންވެސް ކުރާނެއެވެ.
އުމުރުން 55 އަހަރުގެ މާކުއޭޒްއަކީ ކުރިން އެސްޕަންޔޯލް ބީ ޓީމާއި ލަސް ޕަލްމާސް އަށް ކޯޗުކޮށްދިން ކޯޗެކެވެ.
މިދިޔަ ޖޫން މަހު، އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި، ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ވަނީ ވަކިކޮށްފަ އެވެ. ބާކީ އަހަރެއް އޮއްވައި، ވަކިކުރީ ވޯލްޑް ކަޕް ކޮލިފައިންގައި ނަތީޖާތަށް ދަށްވުމުންނެވެ.