ޔުއެފާ ސީ ލައިސެންސް އިނގިރޭސިވިލާތުން ހޯދި ފުރަތަމަ ދިވެއްސަކީ، ކުރިން ނިއުރޭޑިއަންޓާއެކު ދުނިޔޭގެ ރެކޯޑެއް ހޯދާފައިވާ އަލީ ވަހީދު- ބަލަކު އެވެ. ބަލަކު، ޔުއެފާ ސީ ލައިސެންސްގެ ތަމްރީނުތައް ފުރިހަމަ ކުރީ އިނގިރޭސި އެފްއޭ އަދި ވޭލްސް އެފްއޭހައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލަކުވަނީ ޔޫއެފާ ލެވެލް ބީ ކޯހަށް މިހާރު އެންރޯލްވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސެޕްޓެމްބަރުމަހު ފަށާ އިނގިރޭސި އާ ގްރާސް ރޫޓްސް ފުޓުބޯޅަ ސީޒަންގައި އަލީ ވަހީދުއާއި ވަނީ ސައުތު ލަންޑަން ފުޓުބޯޅަ ނެޓްވޯކްގެ ފްލެގްޝިޕް ޓީމް އޭ.އެފް.ސީ ސައުތު ލަންޑަންގެ ކޯޗުކަމަށް ހަމަ ޖައްސާފައެވެ.
އަލީ ވަހީދުގެ ކޯޗިން ކެރިއަރު އޭނާ ފަށާފައިވަނީ 2021 ވަނަ އަހަރު އިނގިރޭސިވިލާތުގެ ސްޕޯޓިން ލަންޑަނުންނެވެ.