އިކެލްޝަންސް ކޮމިޝަނުން މިއަދު ވަނީ މާލެ ސިޓީގެ ތިން ދާއިރާއެއްގެ ބައި-އިލެކްޝަނެއްގެ އިތުރުން ތިން ކައުންސިލެއްގެ ބައި-އިލެކްޝަން ބާއްވައިފަ އެވެ.
އެ އިންތިޚާބުތަކަކީ:
މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ މެންބަރު، މައްޗަންގޮޅި މެދު ދާއިރާ މެންބަރު، ހެންވޭރު ހުޅަނގު ދާއިރާ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން
ފ.ބިލެތްދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރުއިންތިޚާބު ކުރުމަށް ބޭއްވިބ ބައި-އިލެކްޝަން
ރ.ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން
މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށެވެ.
މި ފަސް ގޮނޑީގެ ތެރެއިން ފަސް ގޮނޑި ޕީއެންސީއިން ހޯދިއިރު އެމްޑީޕިއަށް ލިބުނީ އެންމެ ގޮނޑިއެކެވެ.
ފައްޔާޒު ވިދާޅުވީ ކައުންސިލް ބައި އިލެކްޝަންތަކުގައި ވާދަކުރި އެ ޕާޓީގެ ކެންޑިޑޭޓުން ކުރެއްވި ހިތްވަރާއި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާކަމަށެވެ.
އަދި މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށާއި ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.