ads
ފެނަކައިން އަލަށް ގެނައި ޖަނެރޭޓަރު ސެޓެއް ބާލަނީ
މިއަހަރުގެ މިހާތަނަށް 43 ޖަނެރޭޓަރު އަލަށް ގަނެ، ބަހައްޓައިފިން: ފެނަކަ
ރަށްރަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތައް ހަައްލުކުރުމަށް މިއަހަރުގެ މިހާތަނަށް 43 ޖަނެރޭޓަރު އަލަށް ގަނެ އިސްޓޯލްކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
Advertisement

ފެނަކައިން ބުނީ އެކުންފުނިން ހިދުމަތް ދެމުންގެންދާ ވަރަށް ގިނަ ރަށްރަށުގައި ކަރަންޓްގެ ހާލަތު މި ހިނގާ 2024 ވަނަ އަހަރު ފެށުނުއިރު ހުރީ ރަނގަޅުކުރަން ޖެހިފައިކަމަށެވެ. އެގޮތުން ވަރަށް ގިނަ ރަށްރަށުގައި ކެޕޭސިޓީ އިތުރުކުރަން ޖެހޭއިރު ގިނަ ރަށްްތަކެއްގައި ޖަނެރޭޓަރުތައް އޯވަހޯލްކުރަން ޖެހިފައިވާކަން ފެނަކައިން ބުނެއެވެ. 

ފެނަކައިގެ ޑިރެކްޓަރު އަހްމަދު އިބްރާހިމް ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި 20 ޖަނަރޭޓަރެއް ގެނެސް އިންސްޓޯލްކޮށްފައިވާއިރު އަހަރުގެ މިހާތަނަށް 43 އައު ޖަނަރޭޓަރު ގެނެސް އެކި ރަށްރަށުގައި އިންސްޓޯލްކޮށްފައިވާކަމަށެވެ. އަދި ގިނަ ރަށްރަށުގައި ކަރަންޓްގެ ހާލަތު މިއަހަރު ފެށުނުއިރު ހުރި ވަރަށް ވުރެ މިހާރު ރަނގަޅުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

" މިއަހަރުގެ މިހާތަނަށް ދިޔައިރު ކުންފުނީގެ ޖަނެރޭޓަރުތަކުގެ ހާލަތު ރަނގކުރެއްވިއްޖެ. އަޅުގަނޑުމެންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރެއްވިއްޖެ. އެހެންވީމަ ވަރަށް ގިނަ ރަށްރަށެއްގެ ހާލަތު އަހަރު ފެށުނިިއިރު ހުރި ވަރަށްވުރެ ރަނގަޅުވެފައި މިހާރު މިހިރީ. އަދި މިހާރުވެސް އަޅުގަނޑުމެން މިދަނީ އިތުރަށް މަސައްކަތްތައް ކުރަމުން ޖަނަރޭޓަރުތައް އިތުރަށް ހޯވަ ހޯލް ކުރުމާއި ބޭނުންވާ ސްޕޭތައް ހޯދުމުގެ މަސައްކަތްތައް އެބަކުރެވޭ." ފެނަކައިގެ ޑިރެކްޓަރު އަހްމަދު އިބްރާހިމް ވިދާޅުވިއެވެ.

your imageފެނަކައިން އަލަށް ގެނައި ޖަނެރޭޓަރު ސެޓެއް އިންސްޓޯލްކުރަނީ 

ޖަނެރޭޓަރުތައް ގެނައި ބައެއް ރަށްތައް 

  1. ހއ އުލިގަމް 250 ކިލޯވޮޓް 
  2. ހއ. ފިއްލަދޫ 250 ކިލޯވޮޓް 
  3. ހއ. ވަށަފަރު 400 ކިލޯވޮޓް
  4. ހއ. ދިއްދޫ 1000 ކިލޯވޮޓް 
  5. ހއ. ވައިކަރަދޫ 250 ކިލޯވޮޓް 
  6. ކުޅުދުއްފުށި ސިޓީ 800 ކިލޯވޮޓް
  7. ށ. ބިލެތްފަހި 250 ކިލޯވޮޓް 
  8. ށ. މާއުނގޫދޫ 400 ކިލޯވޮޓްް 
  9. ނ. ހޮޅުދޫ 800 ކިލޯވޮޓް 
  10. ބ. ފުޅަދޫ 250 ކިލޯވޮޓް 
  11. ޅ. ނައިފަރު 600 ކިލޯވޮޓް
  12. މ. މުލި 600 ކިލޯވޮޓް 
  13. ތ. ދިޔަމިގިލި 250 ކިލޯވޮޓް 
  14. ތ. ތިމަރަފުށި 400. 800 ކިލޯވޮޓް 
  15. ތ. ވިލިފުށި 400 ކިލޯވޮޓް 
  16. ތ. ގުރައިދޫ 800 ކިލޯވޮޓް 
  17. ގދ. ހޯޑެއްދޫ 400 ކިލޯވޮޓް 
  18. ފުވައްމުލަކު ސިޓީ 800 ކިލޯވޮޓް

މިއަހަރު ފެށުނު ފަހުން ގިނަ ރަށްތަކެއްގައި ކަރަންޓް މައްސަލަތައް ވަނީ ކުރިމަތިވާން ފަށާފައެވެ. އެގޮތުން ކުޅުދުއްފުށްޓާއި އައްޑޫ ސިިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން އެހެން ބައެއް ރަށްތަކުންވެސް ކަރަންޓް ކެނޑި ރައްޔިތުންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. މިދިޔަ ހަފްތާގައި މ. ކަރަންޓް ކެނޑި އެރަށަށް ކަރަންޓް ހިދުމަތް ދެވުނީ އެއްދުވަސް ފަހުންނެވެ. 

ފެނަކައިގެ މެނޭޖިން ޑިރެކްޓާ މުއާޒު މުހައްމަދު ރަޝީދު ދާދި ފަހުން ވިދަޅުވީ އިންތިގާލީ މަރުހަލާގައި ފެނަކަ ކުންފުނީގެ ދަރަންޏަކީ 4.3 ބިލިއަން ރުފިޔާކަމަށް ފެނުނު ނަމަވެސް ސަރުކާރާ ހަވާލުވެ ބަލައިލުމުން ކުރިން ނުފެންނަ އެތައް ބިލެއް ފެނުނު ކަމަށެވެ. އަދި ރެކޯޑު ނުކުރެވި ހުރި މަސައްކަތްތަކުގެ ބިލު ހިފައިގެން އެތައް ބަޔަކު އަންނަމުންދާ ކަމަށް މުއާޒު ވިދާޅުވިއެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް