ފުލުހުން ބުނީ ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމެއްގައި މިއަދު ހެނދުނު މާފަންނު ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހިނގި ދެބަސްވުމުގައި އެ ގެއަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 2 މީހަކު ފުލުހުންގެ ދަށަަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 2 މީހުން މިހާރު ދޫކޮށްލާފައިވާކަަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުންދަނީ މައްސަަލަ ބަލައި އިތުރަށް ތަހުގީގު ކުރަމުންނެވެ.