ads
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ ދީމާ
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ ދީމާއާ އިބާދުﷲ
ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް، ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ އާއި އެތުލެޓިކްސްގެ އިބާދުﷲ އާދަމް އަށް ލިބިއްޖެ އެވެ.

ދީމާ އާއި އިބާދުﷲ އަށް ދިވެހި ދިދަ ހަވާލުކޮށްދެއްވީ، އެ ކަމަށް ހާއްސަކޮށް، މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި އިވެންޓެއްގައި، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އެވެ.

މިއީ، ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް އޮލިމްޕިކްސް އަށް އެންމެ ގިނަ ކުޅިވަރުގެ ބައިވެރިވުމާ އެކު، ބޮޑު ކޮންޓިންޖެންޓެއް ދާނެ ފަހަރެވެ. އެ ގޮތުން ފުރަތަމަ ފަހަރަށް މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ.

އޮލިމްޕިކްސްގައި މި ފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާ އެވެ. އެތުލެޓިކްސް އިން މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާނީ އިބާދުﷲ އެވެ. ސްވިމިން އިން އޮލިމްޕިކްސް އަށް ދާ އެތުލީޓުންނަކީ، މުހައްމަދު އާން ހުސައިން އަދި ޢާއިޝަތު އުލްޔާ ޝާއިގް އެވެ. ޓީޓީން ދާނީ، ދީމާއެވެ. އޮލިމްޕިކްސް އަށް ކޮލިފައިވެގެން، މުބާރާތުގައި ވާދަކުރާ ފުރަތަމަ އެތުލީޓަކީ ދީމާއެވެ.

އަންނަ މަހުގެ 11 އާ ހަމައަށް ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) ވަނީ ހަމަޖައްސައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް