ads
އެމްޑީޕީ އެތެރޭގެ އިންތިހާބު، ވޯޓަށް ނުގޮސް 34 މީހުން ހޮވިއްޖެ
ވޯޓަކަށް ނުގޮސް، އިދިކޮޅު އެމްޑީޕީގެ ދާއިރާތަކުންނާއި ރަށްތަކުން ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަޤާމަށް 34 މީހަކު ހޮވިއްޖެއެވެ.
Advertisement

އެމްޑީޕީގެ ދައިރާތަކުގައި ބައި އިލެކްޝަން ވޯޓްލުން އޮންނާނީ އަންނަމަހުގެ 2 ވަނަދުވަހުއެވެ. މި އިންތިހާބުގައި ވާދަކުރަން ހުޅުވާލި ދާއިރާތަކުގެ ތެރޭގައި 13 ދާއިރާއެއްގެ ނައިބު ރައީސްގެ މަގާމާއި  103 ދާއިރާއެއްގެ ރަށު ނައިބު ރައީސްކަމުގެ މަގާމު ހިމެނެެއެވެ. 

އެމްޑީޕީން ބުނީ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ ދާއިރާތަކުގެ ނައިބު ރައީސުންގެ ގޮތުގައި 34 ދާއިރާއަކަށް  މީހުން އޮޓަމެޓިކުން އިންތިހާބުވެފައިވާކަމަށެވެ. 

އިދިކޮޅު އެމްޑީޕީ ދާއިރާތަކުގެ އިންތިހާބުގެ އިތުރުން ގައުމީ މަޖިލީހުގެ އިންތިހާބުވެސް އަންނަ މަހު 2ގައި އޮންނާނެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން 26 މަގާމަކަށްް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.  

ގައުމީ މަޖިލީހުގައި ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި މާލެ ދާއިރާގެ ރައީސް ކަމަށް މާލޭ މޭޔަރު އާދަމް އާޒިމާއި މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ފަލާހު ވަނީ ކުރިމަތިލާފައެވެ. 

މީގެއިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ގަލޮޅު އުތުރު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް