ads
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް
ގަވަރުނަރު ވަކިކުރަން ރައީސްއަށް ލަފާދިނުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
Advertisement

މަޖިލީހުގެ އެޖެންޑާގައި ވަނީ އެ މައްސަލާގައި މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ތަޅުމަށް ހުށަހެޅުމެވެ. އެ ކޮމިޓީން ނިންމާފައިވަނީ އޭނާ މަގާމުން ވަކިކުރުމަށެވެ. އެގޮތަށް ކޮމިޓީން ނިންމީ އާލާސްކަންފުޅެއްގެ ސަބަބުން ތިން ދުވަހެއްގެ މަތިން ހާޝިމް ކޮމިޓީއަށް ހާޒިރުނުވުމުން އޭނާ ލިޔުމުން ހުށަހެޅި ޖަވާބަށް ރިއާޔަތްކޮށްފަ އެވެ.

އެމްއެމްއޭ ގާނޫނުގެ ދަށުން، އެ އޮތޯރިޓީގެ ގަވަރުނަރު ވަކިކުރަން ރައީސްއަށް ލަފާދިނުމަކީ މަޖިލީހަށް ކުރެވޭނެ ކަމެކެވެ. މިކަމާ މެދު އެންމެ ފަހު ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހަޅައިގެން ނަގާ ވޯޓަކުންނެވެ.

ގަވަރުނަރަށް ޖަވާބުދާރީވުމަށް ކޮމިޓީން ތިން ފުރުސަތެއް ދިނެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އިއްޔެ އާއި އޭގެ ކުރީ ދުވަހުގެ ބައްދަލުވުމަށް ވެސް ވަޑައިނުގެންނެވޭ ކަން އެމްއެމްއޭ އިން އަންގާފައިވެ އެވެ. އަދި އެންމެ ފަހުން ތިން ފުރުސަތުގައި މިއަދު ވެސް ހާޝިމް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.

މަޖިލީހަށް އިއްޔެ ހާޒިރުވެ ވަޑައިނުގަތް ނަމަވެސް އޭނަ އިއްޔެ ސިޓީން ޖަވާބު ދެއްވާފައިވެ އެެވެ. އެ ސިޓީގައި ވިދާޅުވެފައި އޮތީ ސަރުކާރުތަކަށް ގަވަރުނަރުގެ ހައިސިއްޔަތުން ލަފާ ދެއްވާ ކަމަށާއި ނަމަވެސް ސަރުކާރުން އިރުޝާދުތަކުގެ އަޑު ނާއްސަވާ ކަމަށެވެ.

މަރުކަޒީ ބޭންކްގެ ގަވަރުނަރު ކަމަށް ހާޝިމް އައްޔަންކުރީ 8 ސެޕްޓެމްބަރު 2019 ގަ އެވެ. އޭނަ ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް