ads
ޑީޖޭއޭ
ރިޝްވަތު ހިފި ޝަރުއީ ދާއިރާގެ މުވައްޒަފަކަށް ބޮޑު ހުކުމެއް
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސް މަގާމެއްގައި ހުރެ ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަން ސާބިތުވި މުވައްޒަފަކު، މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ، ޑީޖޭއޭގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ހެޑްގެ މަގާމުގައި ކުރިން ހުރި ހައިލަމް މުހައްމަދުގެ މައްޗަށް ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަން ސާބިތުވި މައްސަލައެވެ. ހައިލަމްގެ މައްޗަށް އެކަމާ ގުޅިގެން ހަތަރު ދައުވާއެއް ކުރިއެވެ. އެއީ 2019 ވަނަ އަހަރު ޑީޖޭއޭއަށް ބައެއް ތަކެއްޗާއި ހިދުމަތްތައް ހޯދުމުގައި އޭނާއާ ގުޅުން އޮންނަ ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދައި، އެތަނުން އެއް ކުންފުންޏަކާ ހަވާލު ކުރުމުން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދި ކަމަށް ބުނެ އެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ޑީޖޭއޭގެ މަސައްކަތް އެތަނުން އެއް ކުންފުންޏަށް ހަވާލު ކުރުމުން ދައުވާ ލިބޭ މީހާގެ އެކައުންޓަށް އެ ކުންފުނީގެ އެކައުންޓުން ފައިސާ ވެސް ޖަމާކޮށްފައިވެ އެވެ.

ހައިލަމްގެ މައްޗަށް ކުރި ދައުވާއަށް ވަކިވަކިން އަދަބު ކަނޑައަޅާފައިވާއިރު، ޖުމްލަ އަދަބަކީ 120 ގަޑިއިރު މުޖުތައުއަށް ހިދުމަތް ކުރުމާއި 82،200 ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 241،244 ރުފިޔާ ދައްކަން ވެސް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް