ads
ރައީސް ސާލިހު އެމެރިކާގައި
ރައީސް ސާލިހުގެ އެމެރިކާ ދަތުރު އެންމެ ފަހުން ސުޕްރީމް ކޯޓާ ހިސާބަށް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ. ގައި ތަގްރީރު ކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ރިސިޓްތައް ހާމަކުރަން ސަރުކާރުން ސުޕްރީމް ކޯޓުގައިވެސް ދެކޮޅު ހަދައިފި އެވެ.
Advertisement

މިއީ، ކުރީ ސަރުކާރުގެ ހަރަދުތަކުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސާލިހު، އެމެރިކާއަށް ކުރެއްވި ދަތުރުގެ ހަރަދުތައް ހޯދުމަށް ވެރިކަން ބަދަލުވުމުގެ ކުރިން ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓު މަރުހަލާގައެވެ. 

އދ. ގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު ރައީސް ސާލިހު، އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނިކޮށް، އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ސަރުކާރުންނެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ރައީސްގެ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ވެސް ހިމެނޭހެން މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް ހައިކޯޓުން ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި ރިސިޓްތަކާ ނުލައި ވެސް އެ މައުލޫމާތު ހާމަ ކުރެވިދާނެ ކަމަށާއި އެގޮތުން އެ މައްސަލާގައި މައުލޫމާތު ހާމަކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންނަމަވެސް އެކަންކަމަށް ހައިކޯޓުން ރިއާޔަތް ކޮށްފައިނުވާ ކަމަށް ސުޕްރީމް ކޯޓުގައި ދައުލަތުން ބުންޏެވެ. ދައުލަތުން އެދުނީ ހައިކޯޓުގެ ނިންމުން ބާތިލްކުރާށެވެ.

ދައުލަތުގެ ވާހަކަތަކުގެ ރައްދުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ހަރަދުތަކުގެ ރިސިޓްތައް ދޭން އެންގީ ރައީސް އޮފީހުން ދޫކުރި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ކަމަށެވެ. އަދި ރިސިޓްތައް ނުދިނުމަށް ދައުލަތުން ހައިކޯޓުގައި ދެއްކި ސަބަބަކީ ސަލާމަތީ ސަބަބުތަކަށްވުމާއި ތިން ވަނަ ފަރާތްތަކެއްގެ މައުލޫމާތު ހިމެނޭތީ އެއީ ހާމަކުރަން ނުޖެހޭ މައުލޫމާތުތަކެއް ކަމަށް ބުނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުންޏެވެ.

މިއަދުގެ އަޑު އެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ބައެއް ސުވާލުތައް ދައުލަތަށް އަމާޒު ކުރައްވައިފަ އެވެ. ދައުލަތުން ބުނާގޮތަށް ރިސިޓްތައް ނުދީ އެ މައުލޫމާތު އެހެން ލިޔުމަކަށް ބަދަލު ކުރުމަށްފަހު ދިނުމުން މައުލޫމާތުގެ ސައްހަކަން ކަށަވަރުވާނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. 

މީގެ އިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެތޯ އާއި ތިން ވަނަ ފަރާތުގެ ހައްގު ހިމެނޭ މައުލޫމާތަކީ ކޮބައިތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް