ads
ނާގޯށި
އަހަރުގެ 4 ވަނަ ކުއާޓާގައި ނާގޯށީގެ އަމަލީ މަސައްކަތް ފަށަނީ
ހދ.ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވެއްޖެ އެވެ.
Advertisement

އޭނާ މިހެން ވިދާޅުވީ މެންހެޓަން ބިޒްނަލް ހޮޓަލުގައި ރޭ އޮތް އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގަ އެވެ.

ޓޫރިޒަމަށް ދޫކޮށް ނުހެދި 17 އަހަރުވީ ނާގޯށީގެ މަސައްކަތަކީ ނިޔާޒު ވިދާޅުވ ގޮތުގައި, ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވުމާ ގުޅިގެން ކުރިއަށް ނުގެންދެވި އޮތް ނަމަވެސް, މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ފަށަން ގިނަ ކަންތައްތަކެއް މިހާރު ނިންމަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ކުންފުނީގެ އަމާޒަކީ މި އަހަރުގެ 4 ވަނަ ކުއާޓަރުގައި ނާގޯށީގެ އަމަލީ މަސައްކަތް ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ. ގޮންޖެހުންތައް ކުރިމަތިވި މި ޕްރޮޖެކްޓު ކާމިޔާބުކަމާއެކު ނިންމާލުމަކީ އަމާޒެއް ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

ރިސޯޓެއްގެ ގޮތުގައި ނާގޯށި ތަރައްގީ ކުރަން އެންމެ ފުރަތަމަ ހަވާލުކުރީ 2007 ގައި ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭއާ އެވެ.

 ނާގޯށީގައި 600 އެނދުގެ ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދެއްކުމާ ގުޅިގެން 2016 ގައި އެ ކުންފުނީގެ އެއްބަސްވުން ބާތިލުކުރި އެވެ.

އެ އެއްބަސްވުން ބާތިލުކުރިއިރު, އެ ރިސޯޓްގެ %37 މަސައްކަތް ވަނީ ނިންމައިފަ އެވެ. 

އެގޮތުން ނާގޯށީގައި ހަދާ ގިނަ ވިލާތަކާއި ރެސްޓޯރެންޓްތަކާއި އެހެނިހެން އިމާރާތްތަކުގެ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ގާތްގަނޑަކަށް ވަނީ ނިމުމަކަށް އައިސްފަ އެެވެ.

2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން ސަރުކާރުން އެރަށް ނެގުމަށްފަހު 2021 ގައި އާ ލީޒެއްގެ ދަށުން އެ ރަށް އެމްޓީޑީސީއާ ހަވާލުކުރީ 2021 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް