ads
ހުޅުމާލެ ދެވަނަ ފިޔަވަހި
ހުޅުމާލޭގެ އެންމެ ޑިމާންޑު ބޮޑު ސަރަހައްދުގައި އެމްޓީޑީސީން ސިޓީ ހޮޓަލެއް ހަދަނީ
ޒަމާނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު ހުޅުމާލޭގެ އެންމެ ޑިމާންޑު ބޮޑު ސަރަހައްދުގައި ސިޓީ ހޮޓަލެއް ހަދަން އެމްޓީޑީސީއިން ނިންމައިފި އެވެ.
Advertisement

މިކަން ހާމަކުރީ ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒެވެ.

އޭނާ ވިދާޅުވީ ކުންފުނީގެވވިސްނުން ހުރީ ހުޅުމާލެ ދެވަނަ ފިޔަަހީގެ ޓޫރިޒަމް ޒޯނުގައި އެ ސިޓީ ހޮޓާ ހަދަން ކަމަށެވެ. އެގޮތުން އެޗްޑީސީއާއެކު ކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރަމުން ގެންދަވާ ކަމަށެވެ.

ސިޓީ ހޮޓަލެއް ހެދުމުގެ އިތުރުން މިހާރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބިނާކުރަމުންދާ އޮފީސް އިމާރާތަކީ ވެސް އެމްޓީޑީސީއަށް ބޮޑު ފައިދާއެއް ހޯދޭނެ ވަސީލަތެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މިހާރުގެ މެނޭޖިން ޑިރެކްޓަރު ނިޔާޒް ވިދާޅުވީ އެމްޓީޑީސީގެ އޮފީސް އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތްތައް ލަސްވީ މީގެ ކުރިން ހުޅުމާލޭގައި އިމާރާތް ކުރުމަށް ގެނައި ބަދަލާ ގުޅިގެން ކުރިން ހަތް ބުރިއަށް އިމާރާތް ކުރަން ކުރެހި ކުރެހުން ބާތިލުކޮށް 10 ބުރީގެ އިމާރާތެއް އެޅުމަށް ބޭނުންވާ ކުރެހުމާއި މަސައްކަތްތައް ފުރިހަމަކުރަން ވަގުތު ނެގުމުގެ ސަަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހަދާ މި އިމަރާތުގެ ބިން (3500 އަކަފޫޓް) އެމްޓީޑީސީއާ ހަވާލުކުރީ 2022 ގަ އެވެ.

މި ބިމުގައި ކެފޭއަކާއި ޕާކިން ސަރަހައްދަކާއި ޖަލްސާކުރާ ހޯލެއް ހަދަން ނިންމާފައިވާއިރު,  މި އިމާރާތުގެ ބާކީ ފަންގިފިލާތައް ޚާއްސަކޮށްފައިވަނީ އިދާރީ މަސައްކަތްތައް ކުރެވޭ ގޮތަށް ހެދުމަށެވެ.

އެ ކުންފުނީގެ އަމާޒަކީ އެ އިމާރާތުގެ އެކި ފަންގިފިލާތައް ކުއްޔަށް ދީގެންނމަންފާ ހޯދުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް