ads
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ލަންކާއެކު ޖިނާއީ ކަންކަމާ ގުޅޭ ގޮތުން މަސައްކަތްކުރުމަށް އެއްބަސްވުން ހަދަން ރުހުންދީފި
ޖިނާއީ މައްސަލަތަކުގައި މަސައްކަތް ކުރުމަށްޓަކައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އެއްބަސްވުމެއް ހެދުމަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދީފި އެވެ.
Advertisement

މިއަދުގެ ޖަލްސާގައި މި އެއްބަސްވުމުގައި ބައިވެރިވާން ފެނޭތޯ ނެގި ވޯޓުގައި ރާއްޖެއާއި ލަންކާއާ ދެމެދު އެއްބަސްވުމެއް ހެދުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ.

މިފަދަ އެއްބަސްވުމެއް ގާއިމުކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މިއީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ގުޅުން ދެމެހެއްޓުމަށާއި ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމުގެ ބޭނުމުގައި ގާއިމުކުރާ އެއްބަސްވުމެއް ކަމަށެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައްޔާއި ޝަރީއަތް ހިންގުމުގައި ދެވެން އޮތް އެންމެ ފުޅާދާއިރާއެއްގައި އެހީތެރިކަން ދޭނެ ކަމަށް ރައީސްގެ ސިޓީގައިވެ އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ހަރަދުތައް ކުރަން ޖެހޭނީ އެ ކަމަށް އެދި ހުށަހަޅާ ގައުމަކުން ކަމަށް އެއްބަސްވުމުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް