މިގޮތަށް އެންގީ އެޑިއުކޭޝަން މިނިސްޓްރީން ހުރިހާ ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ބަންދާއި ދެވަނަ ޓާމް ބަންދު އަދި މިޑްޓާމް ބަންދުގައި މުދައްރިސުން ސްކޫލުތަކަށް ނެރުމަކީ މަނާ ކަމެއް ކަމަށެވެ.
މިފަދަ ސާކިއުލާއެއް ސްކޫލްތަކަށް ފޮނުވާފައިވާއިރު, މީގެކުރިން އެޑިޔުކޭޝަން މިނިސްޓަރު ވަނީ ޑރ.އިސްމާއިލް ޝަފީއު ވިދާޅުވެފައިވަނީ މުދައްރިސުންނާއި ޕްރިންސިޕަލުންގެ "ވޯކްލޯޑް" ކުޑަކުރުމަށް މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެތުރުން މި އަހަރު މިނިސްޓްރީގެ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ޓީޗަރުންގެ "ވޯކްލޯޑް" ކުޑަކުރުމަށް ކަމަށް ވެސް ޝަފީއު ވަނީ ވިދާޅުވި އެވެ.