ads
މުނައްވަރު އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފިނޭންސްގެ މަގާމަށް އައްޔަންކުރެއްވުން. ފޮޓޯ: ރައީސް
ރައީސްގެ ޗޮއިސްއަކީ އާ ގަވަރުނަރުކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާމެދު، ގޮތެއް ނިންމުމަށް ލަފަޔަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
Advertisement

ރައީސް އޮފީހުން ދެންމެ ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަގާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައީސް ޑރ. މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވައިފައިވާ ކަމަށެވެ. 

މުަނައްވަރު މިހާރު ހުންނެވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމުގައެވެ.

މުނައްވަރަކީ މީގެ ކުރީން މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. 

ގަވަރުނަރުކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އައްޔަންކުރެއްވުމަށް ރައީސް ނިންމެވީ ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމަށް، ރައްޔިތުން މަޖިލީހުން ރައީސްއަށް މަޝްވަރާދެއްވާފައިވާތީއެވެ. އެގޮތުން ރައީސް ވަނީ ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރައްވައިފައެވެ.

ހާޝިމް ވަކިކުރުމާމެދު މިއަދު ބޭއްވި ވޯޓުގައި އޭނާ މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވިއެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރެކެވެ.

ހާޝިމް މަގާމުން ވަކިކުރަން ފާސްކުރި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ އޮތޯރިޓީގެ މަގުސަދުތަކާއި މަސައްކަތްތައް އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށް މާލިއްޔަތު ކޮމިޓީއަށް ސާބިތުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް